އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ޕަޓްނާގެ އިދިކޮޅު ލީޑަރެއް ކަމަށްވާ އާރުޖޭޑީ އަށް ނިޞްބަތްވާ ހެރެރާމް ޔާދޭވް (50އ) ގެ ގައަށް ބަޑިޖަހައި މަރާލައިފިއެވެ.
އޭނާގެ ގައަށް ބަޑިޖަހާފައިވަނީ ސައިކަލެއްގައި ދިއަ ގޮތް ނުއެނގޭ ބައެކެވެ. ބަޑިޖެހީ ހެނދުނު ކަސްރަތަށް ހިނގަން ނުކުމެ އުޅެނިކޮށެވެ.
ޕަޓްނާގައި ޖޭޑީ- ބީޖޭޕީގެ ގުޅިފައިވާ ސަރުކާރެއް އުފެއްދިފަހުން މިއީ މަރައިލެވުނު އިދިކޮޅު 4 ވަނަ ލީޑަރެވެ.
މިކަމާއި ގުޅިގެން ޕަޓްނާގެ ގިނަ ބައަކު މިއަދު ވަނީ މަގުތަކަށް ނުކުމެ ޗީފް މިނިސްޓަރު ކުށްވެރިކޮށް އަޑުއުފުލައިފައެވެ. މަރާލި ޔާދޭވް އަކީ ސަރުކާރުން ކުރާ ވައްކަމާއި ހިންގާ ކޮރަޕްޝަނާ ދެކޮޅަށް ވަކާލާތުކުރާ ލީޑަރެކެވެ.