ވަގަށްނަގާފައި ތިބި ގިނަ އަދަދެއްގެ އަންހެން ކުދިން ކަލެއްކަމަށް ހެދިގެން އުޅޭ މީހެއްގެ އަޝްރާމުން މިނިވަންކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ވަގަށްނަގާފައި ތިބި ގިނަ އަދަދެއްގެ އަންހެން ކުދިން ކަލެއްކަމަށް ހެދިގެން އުޅޭ މީހެއްގެ އަޝްރާމުން މިނިވަންކޮށްފި
ވަގަށްނަގައި ހިފަހައްޓާފައި ތިބި ގިނަ އަދަދެއްގެ އަންހެން ކުދިން ކެލެއްކަމަށް ހެދިގެން އުޅޭ އިންޑިއާ މީހެއްގެ އަޝްރާމުން މިނިވަންކޮށްފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަންހެން ކުދިން ބަލަހައްޓައިދޭ ތަނެއްގެ ގޮތުގައި ހިންގަމުންދިއަ މި އަޝްރާމަށް ފުލުހުންނާއި ކަމާއިބެހޭ އޮފިޝަލުން ދިއުމުން އެމީހުންނަށް ހުރަސްއަޅައި 2 ގަޑިއިރު ވަނީ ހިފަހައްޓާފައެވެ. ކޯޓު އަމުރަށް ބެލުމެއް ނެތި ހުރަސް އެޅުމުން ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއްވެސް ހިނގިކަމަށްވެއެވެ.

އޮޕަރޭޝަން ހިންގި ދިއްލީ ފުލުހުން ބުނީ އެއްވެސް ލިޔެކިޔުމެއް ނެތި އެތަނުގައި ހިފަހައްޓާފައި ތިބި 40 އަށްވުރެ ގިނަ އަންހެން ކުދިން މިހާރު މިނިވަންކޮށްފައިވާ ކަމަށެވެ. އަދި އެތަނުގައި ތިބޭ ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ފެނިފައިވާ ކަމަށެވެ.

މިތަނަކީ އަމިއްލައަށް ހިންދޫ "ލޯޑު ކްރިޝްނާ" ހެދިގެން އުޅޭ ޑިކްޝިޓް ނަމަކަށް ކިޔާ 70 އަހަރުގެ މީހަކު ހިންގާ ތަނެކެވެ. އޭނާގެ ހައިބަތު އުފުލެނީ ވީހައި ގިނަ އަންހެން ކުދިން އޭނާގެ ވަށައިގެން ތިބުމުން ކަމަށްވެއެވެ.

ކޯޓުން މިހާރު ވަނީ އޭނާ އުޅޭތަނަކުން ހޯދައިގެން ޖަނަވަރީ މަހުގެ 4 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ނެރެފައެވެ.

ދާދިފަހުން ވެސް މިފަދަ މީހަކު ހިންގި އަޝްރާމެއް ބަލައި ފާސްކުރުމުން މިފަދަ ބޮޑެތި މައްސަލަތައް ކުރިމަތިވުމުން ކަލާނގެ ހެދިގެން އުޅުނު މީހާ ވަނީ ހައްޔަރުކޮށްފައެވެ.
މިއަދު އޮންލައިން