އެމެރިކާ އާއި ގުޅިގެން ޞުލްހައަށް މަސައްކަތްކުރަން ބޭނުމެއް ނޫން: މަޙްމޫދު ޢައްބާސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
އެމެރިކާ އާއި ގުޅިގެން ޞުލްހައަށް މަސައްކަތްކުރަން ބޭނުމެއް ނޫން: މަޙްމޫދު ޢައްބާސް
އެމެރިކާގެ ނިންމުންތައް ވަނީ އެއްފަރާތަކަށް މާމޮޑަށް ބުރަވެފަ ކަމަށާއި އެމެރިކާ އާއި ގުޅިގެން ޞުލްޙައަށް މަސައްކަތްކުރައްވަން ބޭނުންފުޅު ނޫން ކަމަށް ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ވިދާޅުވެއްޖެއެވެ.

މަޙްމޫދު ޢައްބާސް ވިދާޅުވީ ފަލަސްޠީނުގެ މައްސަލަތަކަށް ޙައްލެއް ޙޯދައިދިނުމަށް މަސައްކަތްކޮށްދިނުމަށް ފްރާންސާއި ޔޫރަޕުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

މަޙްމޫދު ޢައްބާސް ވިދާޅުވީ ފަލަސްޠީނުގެ ހައްޤުތައް ހޯދައިދިނުމަށް އެމެރިކާއަށް އެއްވެސް އިޚްލާޞްތެރި މަސައްކަތެއް ކުރެވިދާނެ ކަމަށް ޤަބޫލުފުޅު ވެސް ނުކުރައްވާ ކަމަށެވެ. ޖެރޫސަލަމަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ޤަބޫލުކުރުމުން އެމެރިކާ އެވަނީ މާބޮޑަށް އިޒްރޭލު ފަޅިއަށް ޖެހިފައި ކަމަށެވެ.

އަންގާރަ ދުވަހު ފަރަންސޭސި ރައީސް އާއި މަޙްމޫދު ޢައްބާސް ބޭއްވެވި ބައްދަލުވުމަށްފަހު ފަރަންސޭސި ރައީސް ވިދާޅުވީ ފަލަސްޠީނުގެ މައްސަލަތައް ހައްލުކުރެވޭނީ އިޒްރޭލާއި ފަލަސްޠީނުގެ މެދުގައި މަޝްވަރާކޮށްގެންކަން އެމެރިކާއަށް ވެސް ޤަބޫލުކުރެވޭނެ ކަމަށެވެ. އެނޫން ވިސްނުމަކަށް އަމަލުކުރިކަން އެއީ އެމެރިކާ އިން ކުރި ކުށެއް ކަމަށެވެ.

ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަޙްމޫދު ޢައްބާސް ވިދާޅުވީ މައްސަލައަށް އެންމެ ބޮޑު ކުރިއެރުމެއް ލިބޭނީ މިހައިތަނަށް ފަލަސްޠީނު ޤަބޫލު ނުކުރާ ޤައުމުތަކުންވެސް ފަލަސްޠީނު ޤަބޫލުކޮށް "ޓޫ ސްޓޭޓް ސޮލިޔުޝަނަށް" ތާއީދުކޮށްދީގެން ކަމަށެވެ.
މިއަދު އޮންލައިން