މި މައުރަޒުގަ ދިވެއްސެއްގެ އަތުން ލިޔެފައިވާ ޚަޠިމެއް ބާއްވައިލެވޭނެނަމަ...

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
މި މައުރަޒުގަ ދިވެއްސެއްގެ އަތުން ލިޔެފައިވާ ޚަޠިމެއް ބާއްވައިލެވޭނެނަމަ...
ކީރިތި ޤްރްއާނުގެ ތަފާތު މުޞްހަފްތަކާއި ލިޔުންތައް ދައްކައިދޭ ބޮޑު މައުރަޒެއް މަދީނާގައި މިހާރުވެސް އެބަކުރިއަށް ގެންދެއެވެ. އެންމެ ޤަދީމީ ޒަމާނުގައި ޖަނަވާރުގެ ހަމާއި ތަކެތީގައި ލިޔެފައިވާ ތަފާތު ލިޔުންތައް މި މައުރަޒުގައި ވަނީ ބައިވެރިކޮށްފައެވެ.

މީގެ އިތުރުން މިޞުރާއި އެހެންވެސް ބައެއް ޤައުމުތަކުގެ ލިޔުންތެރިން ގެންދަނީ އެމީހުންގެ ހުނަރުތައް ދައްކައިލަމުންނެވެ. ގިނަ ބައެއްގެ ތާއީދު ދަނީ އެމީހުންނަށް ލިބެމުންނެވެ. މީގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހޯދަމުން ގެންދާ ކުރިއެރުންތައްވެސް މައުރަޒުގައި ވަނީ ބައިވެރިކޮށްފައެވެ.



ދުނިޔޭގެ ކަންކޮޅުތަކުގައި ކޮންމެ އަހަރަކުވެސް ކީރިތި ޤްރްއާނުގެ ތަފާތު މުޞްހަފްތައް ދައްކާލުމަށް މަޢުރަޟްތައް ބާއްވައެވެ. ތަފާތު ޤައުމުތަކުގެ ލިޔުންތެރިކަމުގެ ހުނަރުތައް ދައްކައިލައެވެ.

އެހެން ނަމަވެސް މިފަދަ އެއްވެސް މަޢުރަޒެއްގައި ދިވެއްސަކު ލިޔެފައިވާ މުޞްހަފެއް ބައިވެރިކުރުރެވުނުކަން އެނގޭކަށް ނެތެވެ. އަދި ދިވެހި ލިޔުންތެރިއަކު ބައިވެރިވިކަމެއްވެސް އެނގޭކަށް ނެތެވެ.



ރާއްޖެއަކީ ޢަރަބި ލިޔުމުގެ ދާއިރާއިން މޮޅެތި ފަންނާނުންތައް އުފެދުނު ޤައުމެކެވެ. އަދި މިހާރުވެސް އެބަތިބިކަން ފެންނަ ބައެއް ލިޔުންތަކުން އެނގެއެވެ. ޢާންމުގޮތެއްގައި ފަހަކަށް އައިސް ފެންނަނީ ބައެއް ކަލަންޑަރުތަކުން އެކަނިކަމަށްވެސް ބުނެވިދާނެއެވެ. އަދި ރީތިކޮށް އަރަބި ލިޔާ ފަންނާނުން ވަރަށް މަދު ކަމަށްވެސް ބުނެވިދާނެއެވެ.

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވާއިރު ޢަރަބި ލިޔުމުގެ ޢިލްމަކީ ކުރިއަރުވަންޖެހޭ އިލްމެކެވެ. އަރަބި ބަހުން ރީތިކޮށް ލިޔާ ފަންނާނުން ރާއްޖޭގައި ތިބުމަކީ ހުރިހާ ގޮތަކުން ބެލި ނަމަވެސް ރާއްޖެއަށް ވަރަށް މުހިންމު ކަމެކެވެ. ރާއްޖޭގެ އިސްލާމީ ވަންތަކަމަށް ލިބިގެންދާ އިތުރު ކުރިއެރުމަކަށްވެސް ވާނެއެވެ.
މިއަދު އޮންލައިން