މެލޭސިޔާގެ އެމްބަސީއެއް އިރުމަތީ ޖެރޫސަލަމްގައި ހުޅުވުމަށް މެލޭސިޔާއިން ނިންމައިފިއެވެ.
މެލޭސިޔާގެ ބޮޑުވަޒީރުގެ ނައިބް އަހްމަދު ޒާހިދު ވިދާޅުވީ މިފެށޭ ޖަނަވަރީމަހު ވަޒީރުންގެ މަޖިލީހުގައި މިކަމަށް މަޝްވަރާކުރާނެ ކަމަށެވެ. އަދި މެލޭސިޔާއިން ޖެރޫސަލަމްގައި އެމްބަސީ ހުޅުވަނީ ތުރުކީގެ ރައީސް އުރްދްޤާން، އިރުމަތީ ޖެރޫސަލަމަކީ ފަލަސްޠީނުގެ ވެރިރަށް ކަމަށް ބަލައިގަތުމަށް ދުނިޔެއަށް ގޮވާލެއްވި ގޮވާލެއްވުމަށް އިޖާބަ ދިނުމުގެ ގޮތުން ކަމަށެވެ.
"މެލެސިޔާއިން މިހާރު ވެސް ބަލައިގެންފިން ޖެރޫސަލަމަކީ ފަލަސްޠިނުގެ ވެރިރަށް ކަމަށް. އެކަން އަމަލުންދައްކަން މިއުޅެނީ." އަހް ޒާހިދު ވިދާޅުވިއެވެ.
މުސްލިމުންގެ އެންމެ ޢާރާއި ބާރުގަދަވީ ތުރުކީގައި އިސްލާމީ އުންމަތުގެ ބާރުތައް އޮތް ދުވަސްވަރުއެވެ. އެހެންކަމުން އުރްދުޤާންގެ ސިޔާސަތުތަކުގެ ސަބަބުން ތުރުކީއަށް ބޮޑުތަރުޙީބެއް މިހާރުވެސް އަންނަނީ ލިބެމުންނެވެ.