28 ވަނަ ތ.މަޑިފުށި ކަޕް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މުބާރާތް އިންތިޒާމްކުރާ ތ.މަޑިފުށި ޒުވާނުންގެ ޖަމިއްޔާ (އެމްޒެޑްޖޭ) އިން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ އެ ޖަމިއްޔާއަށް ރަޖިސްޓްރީކޮށްފައިވާ ޓީމުތަކުން އެ މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތަކުން މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަަލަށް އެ ޖަމިއްޔާ ފޯމު ހުށައަޅަންވާނެކަމަށެވެ. އަދި ފޯމާއެކު މުބާރާތުގައި ބއިވެރިވުމަށް ފީއެއްގެ ގޮތުގައި 1500 ދިވެހި ރުފިޔާ ހުށައަޅަންވާނެކަމަށް ވެސް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު އެ ޖަމިއްޔާގެ ފޭސްބުކް ޕޭޖުގައި ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. (MZJ- MadifusheeZuvaanungeJamiyyaa)
މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަނުންނަކީ ޑީސީ ސްޕޯޓްސް ކްލަބްއެވެ. ޑީސީއިން މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ވަންހަ ގަބީލާ ބަލިކޮށްގެންނެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ޗެމްޕިއަން ޓީމަށް 15000 ދިވެހި ރުފިޔާ ދީފައިވެއެވެ. އަދި ރަނައަޕް ޓީމަށް ވަނީ 7000 ދިވެހި ރުފިޔާ ދީފައެވެ.