ޗައިނާގަ ކޮރަޕްޝަނާ ގުޅިގެން 4 އަހަރު ތެރޭ 1.34 މިލިއަން މީހުންނާމެދު ފިޔަވަޅު އަޅައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ޗައިނާގަ ކޮރަޕްޝަނާ ގުޅިގެން 4 އަހަރު ތެރޭ 1.34 މިލިއަން މީހުންނާމެދު ފިޔަވަޅު އަޅައިފި
ޗައިނާގައި އެކިފެންވަރުގެ ކޮރަޕްޝަން އަމަލުތަކާއި ގުޅިގެން 2013 ވަނަ އަަހަރުން ފެށިގެން މިހައިތަނަށް 1.34 މިލިއަން މީހުންނާއިމެދު ފިޔަވަޅު އަޅާފައިވާކަމަށް އެ ޤައުމުން ބުނެފިއެވެ.

މީގެ ތެރެއިން 648،000 މައްސަލަ ކުރިމަތިވެފައިވަނީ ކުދިކުދި އަވަށްތަކުގައެވެ. ޤައުމީ ފެންވަރުގައި 155،000 މައްސަލަ ވަނީ ކުރިމަތިވެފައެވެ.

ކޮރަޕްޝަން ނައްތައިލުމަށް ރައީސް ޒީ ޖިންޕިން ފިޔަވަޅު އަޅުއްވަމުން ގެންދަވަނީ މީހާގެ މަޤާމަށް ބެއްލެވުމެއް ނެތިއެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހު ވަނީ ޗައިނާގެ ސެންޓްރަލް މިލިޓަރީގެ އެންމެ އިސް ފަރާތަކާއިމެދުގައިވެސް ފިޔަވަޅު އަޅައިފައެވެ. އޮގަސްޓްމަހު ވަނީ ފިނޭންސް މިނިސްޓްރީގައި ކޮރަޕްޝަން ބަލާ ކޮމިޓީގެ އެންމެ އިސް ވެރިޔާގެ މައްސަލައެއްވެސް ވަނީ ތަޙްޤީޤްކޮށްފައެވެ.

މިއަހަރަށް ބަލައިފިނަމަ 2016 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިން ޤަވާއިދާއި ޚިލާފަށް ފައިސާ ބޭނުންކުރި ކަމުގެ މައްސަލަތަކުގައި 8،123 މީހުންނަށް ވަނީ އަދަބުދީފައެވެ.

ކޮރަޕްޝަން ނައްތައިލުމަށް ޗައިނާގައި ގެންދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
މިއަދު އޮންލައިން