ކެލިފޯނިއާގައި ރޯވި އަލިފާންގަނޑު އެ ސިޓީގެ ތާރީޚުގައި ރޯވި އެންމެ ބޮޑު އަލިފާންގަނޑަށް

ކިޔުމަށް ހޭދަވާނީ 1މ 7ސ
ކެލިފޯނިއާގައި ރޯވި އަލިފާންގަނޑު އެ ސިޓީގެ ތާރީޚުގައި ރޯވި އެންމެ ބޮޑު އަލިފާންގަނޑަށް
އަލިފާންގެ ހާދިސާތައް ގިނަ އެމެރިކާގެ ކެލިފޯނިއާ ސިޓީގެ ޖަންގަލީގައި މި މަހުގެ ކުރީކޮޅުން ފެށިގެން ރޯވި އަލިފާންގަނޑު ބޮޑުވަމުން ގޮސް އެ ސިޓީގެ ތާރީޚުގައި ރޯވި އެންމެ ބޮޑު އަލިފާންގަނޑަށް ވެއްޖެއެވެ.

ޚަބަރުތައް ލިބިފައިވާ ގޮތުން ކެލިފޯނިއާގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑު މިހާރު 1106 އަކަ ކިލޯމީޓަރުގެ ސަރަހައްދަށް ބޮޑުވެފައިވާކަމަށެވެ. މީގެ ކުރިން ކެލިފޯނިއާގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާގައި ރޯވެފައިވަނީ 1105 އަކަ ކިލޯމީޓަރުގެ ސަރަހައްދަކަށެވެ. އެއީ 2003 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރޯވި އަލިފާންގަނޑެވެ.

1100 އަކަ ކިލޯމީޓަރުގެ ސަރަހައްދަކީ އެމެރިކާގެ ނިއުޔޯކު ސިޓީއާއި ފްރާންސްގެ ޕެރިސް ސިޓީ އެއްކޮލުމުންވާ ސަރަހައްދަށްވުރެ ވެސް ބޮޑު ސަރަހައްދެކެވެ.

މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، މި އަލިފާންގަނޑުގައި 1000 އަށްވުރެ ގިނަ އިމާރާތްތަކަށް ގެއްލުންވެފައިވެއެވެ. އޭގެ ތެރޭގައި އާންމުން ދިރިއުޅޭ ގެތަކާއި، ދައުލަތުގެ އިމާރާތްތަކާއި ވިޔަފާރިތަކުގެ އިމާރާތްތައް ހިމެނޭކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.

މި އަލިފާންގަނޑުގައި ގިނަ އިމާރާތްތަކަށް ގެއްލުން ލިބިފައިވާއިރު، 100000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށްލަން މަޖުބޫރުވެފައިވާކަމާއި 70 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަން ޚަބަރުތައް ލިބެއެެވެ.
ކެލިފޯނިއާގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމަށްޓަކައި ފަޔާ ސްޓޭޝަންތަކުގައި މަސައްކަތްކުރާ މީހުންނާއި އާންމު މީހުން ވެސް ދަނީ މަސައްކަތްކުރަމުންނެވެ.


މިއަދު އޮންލައިން