ޔޫވީ ބަލިކޮށް މާޒިޔާއިން ފެށުން ރަނގަޅުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 6ސ
ޔޫވީ ބަލިކޮށް މާޒިޔާއިން ފެށުން ރަނގަޅުކޮށްފި
ޔޫތް ޗެމްޕިއަންޝިޕްގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްެރިއޭޝަން ކްލަބްއިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މިއަދު ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުން މާޒިޔާ ކާމިޔާބުކުރީ ފަސޭހަކަމާއެކު 0-3 ގެ ނަތީޖާއިންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގެ ތެރޭގައި މާޒިޔާއިން ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. މާޒިޔާގެ ފުރަތަމަ ލަނޑު އިރުފާން އާދަމް ނަސީރު ކާމިޔާބުކޮށްދިންއިރު، ދެވަނަ ލަނޑު ކާމިޔާބުކުރީ ހަސަން ފުވާދުއެވެ. މެޗުގެ ދެވަނަ ހާފުގައި މާޒިޔާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް އަތީގު ހަސަނެވެ.

މި މުބާރާތުގެ މެޗެއް ދެން ކުޅޭނީ އަންނަ ހޯމަ ދުވަހުއެވެ. އެ ދުވަހުގެ ހަވީރު ކްލަބް އީގަލްސްއާއި މާޒިޔާ ބައްދަލުކުރާއިރު، އެ ދުވަހުގެ ރޭ ބައްދަލުކުރާނީ ޔޫވީއާއި ގދ.ތިނަދޫއެވެ.

މި ފަހަރުގެ މުބާރާތް ކުރިއަށްދަނީ ފުރަތަމަ ބުރުގައިކޮންމެ ޓީމެއް ވެސް ހުރިހާ ޓީމަކާ އެއްފަހަރު ބައްދަލުކުރާގޮތަށް ލީގު ބުރެއްގެ ގޮތުގައި ކުޅެ، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލްގައި ކުޅޭ ގޮތަށެވެ.

މިއީ ދިވެހި ފުޓުބޯޅައިގެ މައި އިދާރާ، ފުޓްބޯލް އެސޯޝިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ޚާއްޞަކޮށްގެން ބާއްވާ މުބާރާތެކެވެ.


މިއަދު އޮންލައިން