އަޝްރާމް "ޖަލުން" ދަންވަރު ރޯއަޑު އިވޭ- އިތުރު 5 ކުދިން ސަލާމަތްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
އަޝްރާމް "ޖަލުން" ދަންވަރު ރޯއަޑު އިވޭ- އިތުރު 5 ކުދިން ސަލާމަތްކޮށްފި
ދިއްލީން މިދިއަ ހޮނިހިރު ދުވަހު އަތުުލައިގަނެފައިވާ އަޝްރާމް "ޖަލުން" ރޭގަނޑު ދަންވަރު ރޯއަޑު އިވޭ ކަމަށް އަވަށްޓެރިން ބުނާ ކަމަށާއި އަޅުވެތިކޮށްފައި ތިބި އިތުރު 5 ކުދިން (18 އަހަރުން ދަށުގެ) ސަލާމަތްކުރެވިފައިވާކަމަށް އޮޕަރޭޝަން ހިންގާ ފުލުހުންނާއި ކަމާއިބެހޭ ކޮމިޓީން ބުނެފިއެވެ.

މި 5 ކުދިންނާއިއެކު އެ އަޝްރާމުން ސަލާމަތްކުރެވުނު އަންހެން ކުދިންގެ އަދަދު މިހާރު ވަނީ 45 އަށް އަރައިފައެވެ.

ފުލުހުން ބުނީ އަންހެން ކުދިން ބަންދުކޮށްފައިވަނީ ދަގަނޑު ދޮރެއް ހުންނަ ތަނެއްގައި ކަމަށެވެ. "އެއީ ހަމަ ޖަލެއް ފަދަ ތަނެއް. ބައިވަރު ބޭސްތަކެއްވެސް ވަނީ ފެނިފަ. މިއީ ކޮންތަނަކުން އަތުލައި ގަނެގެން ގެނެސްފައި ތިބި ކުދިންތަކެއްކަން އެނގޭނެ ގޮތެއްވެސް ނެތް. އެކުދިން މިހާރު ވަނީ އެފަދަ ކުދިން ބަލަހައްޓާ ތަނަކަށް ގެންދެވިފަ."

ބެލެވޭގޮތުން މި ބޭސްތަކަކީ އަންހެން ކުދިންނަށް ނަފްސާނީ ބަލިތައް ޖެހިފައިވާތީ ކާން ދިނުމަށް ގެންގުޅޭ ބޭސްތަކެވެ.

"ކަލާނގެ" އަށް ހެދިގެން އުޅޭ ހިންދޫން ހިންގާ މިފަދަ ގިނަ އަޝްރާމްތައް އިންޑިއާގައި އެބަހުރިކަމަށް ދިރާސާކުރާ ޖަމިއްޔާތަކުން ބުނެއެވެ.
މިއަދު އޮންލައިން