ފަސިންޖަރެއްގެ ފައިސާ އަތުލައިގަނެ ރޭޕްކުރި ޓެކްސީ ޑްރަވަރަކު ހައްޔަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ފަސިންޖަރެއްގެ ފައިސާ އަތުލައިގަނެ ރޭޕްކުރި ޓެކްސީ ޑްރަވަރަކު ހައްޔަރުކޮށްފި
ޓެކްސީއެއްގައި ދަތުރުކުރި އަންހެން ފަސިންޖަރެއްގެ އަތުގައި ހުރި ފައިސާކޮޅު ފޭރުގަނެ އަދި ގަދަކަމުން ޖިންސީ ގުޅުން ހިންގި ޓެކްސީ ޑްރައިވަރަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި މުމްބާއީ ފުލުހުން އިއްޔެ ހައްޔަރުކޮށްފައިވަނީ މިމަހުގެ 19 ދުވަހު ތާނޭ އިން ކަޝްމިިރާއަށް އަންހެނަކު ދަތުރުކުރި ޓެކްސީގެ ޑްރައިވަރު 32 އަަހަރުގެ ސުރޭޝް ގޮސްވާމީއެވެ.

ދަތުރުމަތީގައި ޖަރީމާ ހިންގުމަށްފަހު ގެންގޮސް ލޮަޖަކަށް އަންހެންކުއްޖާ ބޭލުމުން އެ ކުއްޖާ ވަނީ ހާދިސާ އެތަނުގެ މެނޭޖަރަށް ކިޔައިދީފައެވެ. މެނޭޖަރު އެކަމާއި ސުވާލުކުރުމުން ޑްރައިވަރު ވަނީ ފިލައިފައެވެ.

މި ޖަރީމާ ހިންގި ޑްރައިވަރާއި އެކަމުގައި އޭނާއަށް އެހީތެރިވި ރައްޓެއްސަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މިކާރަކީ އެޕުން ޑައުން ލޯޑުކޮށްގެން ޓެކްސީ އަށް އޯޑަރުކުރުމުން ޚިދުމަތްދޭ ކާރެކެވެ. ޑްރައިވަރު އެ ސެންޓަރާއި ގުޅިފައިވަނީ މީގެ 15 ވަރަކަށް ދުވަސް ކުރިންނެވެ.
މިއަދު އޮންލައިން