ސައުދީގެ އަންހެނުންނަށް ލިބެމުން އަންނަ މިނިވަންކަމާއިއެކު ބުރުގާ ވެސް ދޫކޮށްލައި ދުނިޔޭގެ ފެޝަން ބާޒާރަށް ކުރިމަތިލައިފިއެވެ.
ސައުދީ އަންހެނުންގެ "ކުރިއެރުމަށް" މަސައްކަތްކުރާ ބައެއް އަންހެނުން މިހާރު ގެންދަނީ ތަފާތު ޤައުމުތަކުގައި "ސައުދީ ފެޝަން" ދެއްކުމުގެ ނަމުގައި ފެޝަން ޝޯތަކުގައި ބައިވެރިވަމުންނެވެ. މިފަދަ ޝޯތަކުގައި ބައިވެރިވާ ބައެއް މޮޑެލުން ސްކާފް ވެސް ނުއަޅައެވެ.
މިކަމާއި ގުޅިގެން ސައުދިއަރަބިޔާގެ ތެރޭގައި ވަރަށް ބޮޑެތި ޚިޔާލުތަފާތުވުންތައް ދަނީ އުފެދެމުންނެވެ. ނަމަވެސް "ކުރިއަރަމުން" އަންނަ އަންހެނުން އެއްވެސް ދުލެއް ނުދެއެވެ. ދަނީ ކުރިއަށެވެ.
ޚަބަރުގައިވާ ފޮޓޯއަކީ ދާދިފަހުން ލަންޑަންގައި ބޭއްވި ފެޝަން ޝޯއަކާއި ގުޅިގެން ރޮއިޓަރސް އިން ހާމަކުރި ޚަބަރެއްގައިވާ ފޮޓޯއެކެވެ.