ޗައިނާއިން 3 އަހަރު ތެރޭ 13000 ވެބްސައިޓް ބަންދުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ޗައިނާއިން 3 އަހަރު ތެރޭ 13000 ވެބްސައިޓް ބަންދުކޮށްފި
2015 އަހަރުން ފެށިގެން މިހައިތަނަށް ޗައިނާއިން 13،000 ވެބްސައިޓް ބަންދުކޮށްފިއެވެ. ހުއްޓުވި ވެބްސައިޓުތަކުގެތެރޭގައި ހުއްދަ ނުނަގައި ހިންގި ވެބްސައިޓްތަކާއި ޤަވާއިދާއި ޚިލާފްވެގެން ހުއްދަ އައުކޮށްނުދިން ވެބްސައިޓްތައްވެސް ހިމެނެއެވެ.

އެންޕީސީގެ ވައިސް ޗެއަރމަން ވާންގ ޝެންޖުންގ ވިދާޅުވީ 2،200 ވެބްސައިޓަކާއި މަޝްވަރާ ކުރެއްވިފައިވާ ކަމަށާއި ޓެރަރިޒަމާއި ބަރަހަނާ ފޮޓޯ އާއި ގުޅުންހުރި މައްސަލަތަކުގައި 10 މިލިއަން އިންޓަރނެޓް އެކައުންޓް ބަންދުކޮށްފައިވާ ކަމަށެވެ.

ވާންގ ވިދާޅުވީ މިފަދަ ފިޔަވަޅުތަކުގެ ސަބަބުން މުޖުތަމައުއަށް ރަނގަޅު އަސަރުތަކެއް ކޮށްފައިވާ ކަމަށާއި މިފަދަ ފިޔަވަޅުތައް އަޅަމުން ގެންދިއުން މުހިންމު ކަމަށެވެ.
މިއަދު އޮންލައިން