ދުބާއީގައި މަސައްކަތްކުރާ ޕާކިސްތާނު ޓެކްނިޝިއަނަކަށް އިންޑިއާގެ ސްޕަވައިޒަރު އަހަރީ ޗުއްޓީ ނުދިނުމުން މެއަށާއި ބަނޑަށް ވަޅިހަރާ މަރާލައިފިއެވެ.
ޗުއްޓީއަށް އެދުމަށްފަހު ހަފްތާއެއްވުމުން ޖަވާބު ކޮބައިތޯ ސުވާލުކުރުމުން ސްޕަވައިޒަރު ޖަވާބު ނުދީ ހިނގައިގަތުމުން އެތައް މިތަނަށް ވަޅިހަރައި މަރައިލީ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މަންޒަރު ފެނުނު އިތުރު މުވައްޒިފަކު އޭނާ ހުއްޓުވަން މަސައްކަތްކުރުމުން އޭނާގެ ގައަށްވެސް ވަޅިހަރަން އުޅުނު ކަމަށެވެ. ނަމަވެސް އެމީހާ ވަރުގަދަކަމުން އަތުގައި ހިފިގޮތަށް ވަޅިވައްޓާލަންދެން އަތަށް ފިއްތައިގެން ހުރެ ވަޅި ވައްޓާލައި ސަލާމަތްވީ ކަމަށެވެ.