ހަށިގަނޑުން ގުޅިފައިވާ ފަލަސްޠީނުގެ ދެކުދިން ވަކިކުރަން ސައުދިއަރަބިޔާއަށް ގެންގޮސްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ހަށިގަނޑުން ގުޅިފައިވާ ފަލަސްޠީނުގެ ދެކުދިން ވަކިކުރަން ސައުދިއަރަބިޔާއަށް ގެންގޮސްފި
ހަށިގަނޑުން ގުޅިފައިވާ ފަލަސްޠީނުގެ ދެކުދިންގެ ހަށިގަނޑު ވަކިކުރަން ކުރަންޖެހޭ އޮޕަރޭޝަން ކުރުމަށްޓަކައި ސައުދިއަރަބިޔާއަށް ގެންގޮސްފިއެވެ.

ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންގެ އަމުރުފުޅަށް ތުއްތު ހަނިން އާއި ފަރަހް އާދިއްތަ ދުވަހު ސައުދިއަރަބިޔާއަށް ގެންދެވުނީ އަސްކަރީ ހެލިކޮޕްޓަރެއްގައެވެ.

ދެކުދިންގެ އޮޕަރޭޝަން ކުރާނީ ކިންގ ސަލްމާން ހިލޭ އެހީގެ ފަންޑުން ކިންގ ޢަބްދުލްޢަޒީޒް މެޑިކަލް ސިޓީގައެވެ.

މިއީ ދެ އަންހެން ކުދިންނެވެ. ދެކުދިން ގުޅިފައިވަނީ ބަނޑުގެ ތިރީކޮޅުންނެވެ. އެތެރެހަށީގެ މުހިންމު ބައެއް ގުނަވަންތައްވެސް ގުޅިފައިވުމާއިއެކު އެ ގުނަވަންތައް ވަކިކުރުމުގެ ކުރިން ކުރަންޖެހޭ ޓެސްޓްތައް ކުރާނެއެވެ.

ކިންގ ޢަބްދުލްޢަޒީޒް މެޑިކަލް ސިޓީގެ ޑޮކްޓަރުން ވަނީ މީގެ ކުރިންވެސް މިފަދަ ބޮޑެތި އޮޕަރޭޝަންތައް ކާމިޔާބުކަމާއިިއެކު ކޮށްފައެވެ.
މިއަދު އޮންލައިން