އިރުމަތީ އިރާޤްގެ ތެޔޮވަޅުތައް ތަރައްޤީކުރަން ޗައިނާ އާއި ހަވާލުކޮށްފިއެވެ. މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ޒެންހުއާ އޮއިލް ކުންފުންޏާއިއެވެ.
އިރާޤުން ބުނީ އަމާޒަކީ ކުރިއަށް އޮތް 5 އަަހަރުތެރޭގައި ދުވާލަކު 40،000 ފީފާ ތެޔޮ އެ ސަރަހައްދުން ނެގުން ކަމަށެވެ.
ޗައިނާގެ ޒިންހުއާ އޮއިލް އިން ގެންދަނީ ތެލުގެ ބާޒާރުގައި އިންވެސްޓްކުރަމުންނެވެ. އިރާޤުގެ އިތުރުން މިޞުރު، ޕާކިސްތާން އަދި ކަޒަކިސްތާން ފަދަ ޤައުމުތަކުގައިވެސް އެކުންފުނިން ގެންދަނީ އިންވެސްޓްކުރަމުންނެވެ.