އެމެރިކާގެ ރައީސް ޓްރަމްޕަށް ތާއީދުކުރުމުގެ ގޮތުން ގުއެޓަމާލާގެ އެމްބަސީ ޓެލްއަވީވުން ޖެރޫސަލަމަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް އެޤައުމުގެ ރައީސް ބުނެފިއެވެ.
ގުއެޓަމާލާ ވެގެންދާނީ މިފަދަ ނިންމުމުމެއް ނިންމި ފުރަތަމަ ގައުމަށެވެ. ގުއަންޓަމާލާ ފަދަ އެއްވެސް ހައިސިއްޔަތެއް ނެތް އެމެރިކާގެދަށުގައިވާ ބައެއް ކުދި ޤައުމުތަކުން މިފަދަ ނިންމުންތައް ނިންމި ނަމަވެސް ދުނިޔޭގެ އެއްވެސް ބޮޑު ބާރަކުން މިފަދަ ނިންމުމެއް ނިންމާނެ ކަމަށް ޤަބޫލެއް ނުކުރެވެއެވެ.
އެމެރިކާގެ ނިންމުމަކީ އަމަލުކުރަން ނުޖެހޭނެ ބާޠިލު ނިންމުމެއް ކަމަށް އަދި އދގެ ޤަރާރުތަކާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް އދގެ 128 މެންބަރުންގެ އަޣްލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.
ޖެރޫސަލަމަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް ތުރުކީގެ ރައީސް އުރްދުޤާން ގޮވާލެއްވި ގޮވާލެއްވުމަށް އިޖާބަދީ މެލޭސިޔާއިން ވަނީ ޖެރޫސަލަމަށް އެމްބަސީ ބަދަލުކުރަން ނިންމައިފައެވެ.