އަފްޣާނިސްތާނުގެ އިންޓެލިޖެންސް އިދާރާ ކައިރީގައި ޖާނުން ފިދާވެގެން ހޯމަ ދުވަހު ދިން ހަމަލާއެއްގައި ޢާންމުންގެ 5 މީހުން މަރުވެއްޖެއެވެ.
މަރުވި މީހުންގެ ތެރޭގައި އެވަގުތު މަގުން ދަތުރުކުރި ކާރެއްގައި ތިބި އަންހެނުން ވެސް ހިމެނެއެވެ.
މި ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އަދި އުފުލައިފައެއް ނުވެއެވެ. އަފްޣާނިސްތާނުގައި މިފަދަ ހަމަލާތައް ދެމުން ގެންދަނީ އަލްޤައިދާ އާއި ޑައޭޝްގެ ހަނގުރާމަވެރިންނެވެ.