ސީރިޔާއަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމުގައި ރަސިއާ އަށާއި އީރާނުން ކުރާ މަސައްކަތްތަކަށް ތާއީދުކުރަން ތުރުކީން ނިންމައިފިއެވެ. މިކަން ހާމަކޮށްފައިވަނީ 3 ޤައުމުން އަސްތާނާގައި މިމަހުގެ 21 އިން 23 އަށް ގެންދިއަ ސަމިޓް ނިންމުމުގެ ރަސްމިއްޔާތުގައެވެ.
މި ސަމިޓާއި ގުޅިގެން ރަސިއާގެ ޚާރިޖިއްޔާ އިން ބުނެފައިވަނީ ޖަނަވަރީ މަހު ބާއްވާ ސޯޗި ސަމިޓަށް ތައްޔާރުވަމުން އަންނަ ކަމަށާއި އެ ސަމިޓަކީ ރަސިއާގެ ވެރިކަމުން ބަޝާރުލްއަސަދު ވަކިކުރުމުގެ ވާހަކަ ދައްކަން ބާއްވާ ސަމިޓެއް ނުވަތަ ބައްދަލުވުމެއް ނޫން ކަމަށެވެ.
ތުރުކީން ބުނެފައިވަނީ އެންމެ މުހިންމު ކަމަކީ ބަޝާރުލްއަސަދު ވެރިކަމުން ވަކިކުރުން ނޫން ކަމަށާއި ފުރަތަމަ ކުރަންޖެހޭ ކަމަކީ ސީރިޔާގައި އަމާންކަން ޤާއިމުކުރުން ކަމަށާއި ސީރިޔާގެ ވެރިކަމުގެ މުސްތަޤްބަލަށް ގޮތެއް ކަނޑައެޅުމަކީ އެއިގެ ފަހުގެ ކަމެއް ކަމަށެވެ.
ސައުދީ އެމެރިކާ ކޯލިޝަނުން ބުނަނީ އެމީހުން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ބަޝާރު ވެރިކަމުން ވަކިކުރުން ކަމަށެވެ.