ފުރަތަމަ ފަހަރަށް ރާއްޖޭގައި ޑިޒްނީ ޗެނަލްތައް ދިރާގު ޓީވީ އިން ތަޢާރަފްކޮށްފި

ކިޔުމަށް ހޭދަވާނީ 2މ 2ސ
ފުރަތަމަ ފަހަރަށް ރާއްޖޭގައި ޑިޒްނީ ޗެނަލްތައް ދިރާގު ޓީވީ އިން ތަޢާރަފްކޮށްފި
ފުރަތަމަ ފަހަރަށް ރާއްޖޭގައި ޑިޒްނީ ޗެނަލްތައް ދިރާގު ޓީވީ އިން މިއަދް ތަޢާރަފްކޮށްފިއެވެ.

އެގޮތުން ދިރާގުން ގެނެސްފައި މިވަނީ ޑިޒްނީ ޗެނަލް، ޑިޒްނީ އިންޓަރނޭޝަނަލް އެޗްޑީ، ޑިޒްނީ ޖޫނިއާ އަދި ޑިޒްނީ އެކްސްޑީ އެވެ.



ދިރާގުން ބުނިގޮތުގައި ޑިޒްނީ ޖޫނިއާ ޗެނަލުން ގެނެސްދޭ ޕްރޮގްރާމްތަކުގެ ތެރޭގައި، އުމުރުން ދެ އަހަރާއި ހަތް އަހަރާއި ދެމެދުގެ ކުދިންނާއި އެކަށީގެންވާ އެތައް ޕްރޮގްރާމެއް ހިމެނެއެވެ. އެޗެނަލުގެ އެންމެ މަޝްހޫރު ޝޯތަކުގެ ތެރޭގައި "މިކީ މައުސް ކްލަބް ހައުސް" ، "ޑޮކް މެކްސްޓަފިންސް" އަދި "ސޯފިއާ ދަ ފަސްޓް" ހިމެނޭއިރު ޑިޒްނީގެ އެންމެ ކްލޭސިކްސް ކެރެކްޓާސްތައް ކަމުގައިވާ "ވިނީ ދަ ޕޫ"، "ގޯލްޑިލޮކްސް"، "ދި ސެވެން ޑްވާފްސް ފްރޮމް ސްނޯވައިޓް" އަދި "ޕީޓާޕޭން" ވެސް ހިމެެނެއވެެ.

ޑިޒްނީ ޗެނަލަށް ބަލާލާއިރު އުމުރުން ހަތަރު އަހަރާއި 14 އަހަރާއި ދެމެދުގެ ކުދިންނާއި ގުޅޭގޮތަށް ގެނެސްދޭ އެތައް ޝޯއެއް ހިމެނެއެވެ.



އޭގެ ތެރޭގައި "ޑަކް ޓޭލްސް"، "އެލީނާ އޮފް އެލެވޭޓާ"، "އާޓް އެޓޭކް"، "ޕީޖޭ މާސްކްސް" އަދި "ޑޯރޭމޮން" ހިމެނެއެވެ.

ޑިޒްނީ އެކްސްޑީ ޚާއްސަ ކޮށްފައިވަނީ އުމުރުން ހަ އަހަރާއި 14 އަހަރާއި ދެމެދުގެ ކުދިންނަށެވެ. އެޗެނަލުން ގެނެސްދޭ ޝޯތަކުގެ ތެރޭގައި "މާވެލަސް ސްޕައިޑަމޭން"، "އެވެންޖާސް"، "ބޭބްލޭޑް" އަދި "ޕޮކިމޮން" ހިމެނެއެވެ.

ދިރާގުން މިއަދު ތައާރަފްކުރި ޑިޒްނީ ޗެނަލްތަކުގެ ތެރެއިން ޑިޒްނީ އިންޓަރނޭޝަނަލް އެޗްޑީ އަކީ ޒުވާނުންނަށް ޚާއްސަ ޗެނަލެކެވެ. އެޗެނަލުން ގެނެސްދޭ އެންމެ ހިޓު ޝޯތަކަކީ "ލިވް އެންޑް މެޑީ"، "ކޭ.ސީ އަންޑަކަވާ"، އަދި "ގާލް މީޓްސް ވޯލްޑް" އެވެ. މީގެ އިތުރުން ބްލޮކްބަސްތާ ފިލްމުތައް ކަމަށްވާ "ޑިސެންޑެންޓްސް"، "ޓީން ބީޗް މޫވީ"، އަދި ކުރީގެ މަޝްހޫރު ފިލްމެއް ކަމަށްވާ "ހަނާ މޮންޓާނާ" ހިމެނެއެވެ.



މިޗެނަލްތައް ދިރާގުން ފުރަތަަމަ ފަހަރަށް ރާއްޖެއަށް ތަޢާރަފްކޮށް އެކަމާއި ގުޅިގެން އެކުންފުނީގެ ޑިރެކްޓާ އޮފް ބިޒްނަސް ޑިވެލޮޕްމެންޓް އަހޙްމަދު މައުމޫނު ވިދާޅުވީ މުނިފޫހި ފިލުވާދިނުމުގެ އެންމެ މަޝްހޫރު ޗެނަކްތައް ދިރާގު ޓީވީ މެދުވެރިކޮށް ތަޢާރަފް ކުރުމަކީ ދިރާގަށް ލިބުނު އުފަލެއް ކަމަށެވެ.

މިއަދު އޮންލައިން