ކުޑަކުއްޖެއްގެ މޫނުން ބާސްކެޓް ބޯޅައެއް ސައިޒުގެ ޓިޔުމަރެއް ނަގަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 28ސ
ކުޑަކުއްޖެއްގެ މޫނުން ބާސްކެޓް ބޯޅައެއް ސައިޒުގެ ޓިޔުމަރެއް ނަގަނީ
ފްލޮރިޑާގެ ޑޮކްޓަރުން މިހާރު ތައްޔާރުވަމުން ދަނީ ކިޔުބާގެ ކުޑަ ކުއްޖެއްގެ މޫނުގައި އިން ބާސްކެޓް ބޯޅައެއްގެ ސައިޒުގެ ޓިޔުމަރެއް ނެގުމަށެވެ. ބެލެވޭ ގޮތުން މި ޓިޔުމަރަކީ 10 ރާތަލުގެ ޓިޔުމަރެކެވެ.

އުމުރުން 14 އަހަރުގެ އީމާނުއެލް ޒަޔާސްގެ އޮޕަރޭޝަން ކުރަން ހަމަޖެހިފައިވަނީ ޖަނަވަރީ މަހުގެ 12 ވަނަ ދުވަހު ޖެކްސަން ހޯލްޒް ޗިލްޑްރަންސް ހޮސްޕިޓަލުގައެވެ.

ކުއްޖާގެ ބައްޕަ ބުނީ ކުޑަކުޑަ ބިއްސެއްގެ ގޮތުގައި ފެނުނު މި ޓިޔުމަރު ބޮޑުވެ ކަރަށްވެސް ފެތުރިފައިވާތީ މިހާރު ނޭވާހާސްވާ ގޮތް ވެސްވާކަމަށެވެ.
މިއަދު އޮންލައިން