ގެރިއަކީ އަހަރެމެންގެ މަންމަ - ގެރި ސްމަގްލްކުރާނަމަ، ގެރި ކަތިލާނަމަ އެމީހަކު މަރާނަން: ބީޖޭޕީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ގެރިއަކީ އަހަރެމެންގެ މަންމަ - ގެރި ސްމަގްލްކުރާނަމަ، ގެރި ކަތިލާނަމަ އެމީހަކު މަރާނަން: ބީޖޭޕީ
ގެރިއަކީ އިންޑިއާ މީހުންގެ މަންމަ ކަމަށާއި ގެރި ސްމަގްލްކުރާނަމަ އަދި ގެރިކަތިލާނަމަ އެމީހަކު މަރާނެ ކަމަށް ބީޖޭޕީގެ ރާޖަސްތާނުގެ މަޖިލިސް މެންބަރު ގައިއަން ދޭވް އަހުޖާ ބުނެފިއެވެ.

އަހުޖާ މިމޭރުމުން ބުނީ ގެރިއަށް ގޯނާކުރާތީ ޖައިޕޫރުގައި ބޭއްވި އެއްވުމެއްގައި ވާހަކަދައްކަމުންނެވެ.

4 ގެރި ހިފައިގެން ދަތުރުކުރި ލޮރީއެއް ފުލުހުން ފަހައިގަތުމުން މިދިއަ ހޮނިހިރު ދުވަހު ވަނީ ފުރޮޅާލައިފައެވެ. ލޮރީގައި ހުރި އެކަކަށްވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. ފުލުހުން ވަނީ ލޮރީގައި ތިބި އެންެމެން ބަންދުކޮށްފައެވެ.

އަހުޖާ ބުނީ ލޮރީ ފުރޮޅައިލީ އެއްވެސް މީހަކު ކުރި ކަމަކުން ނޫން ކަމަށާއި ގެރި އުފުލަތީ އަމިއްލައަށް ފުރޮޅައިލީ ކަމަށެވެ.
މިއަދު އޮންލައިން