ބޭރުގެ އެހީލިބޭ ފަރާތްތަކުން ސަރުކާރުން ކަނޑައަޅާފައިވާ ބޭންކުތަކުގައި އެކައުންޓު ހުޅުވަން އަންގައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ބޭރުގެ އެހީލިބޭ ފަރާތްތަކުން ސަރުކާރުން ކަނޑައަޅާފައިވާ ބޭންކުތަކުގައި އެކައުންޓު ހުޅުވަން އަންގައިފި
ބޭރުގެ އެހީ ލިބޭ ޖަމިއްޔާތަކުންނާއި ވިޔަފާރިތަކުންނާއި އަދި އަމިއްލަ ފަރާތްތަކުން ސަރުކާރުން ކަނޑައަޅާފައިވާ ބޭންކުތަކުގައި އެކައުންޓު ހުޅުވަން އިންޑިއާގެ ހޯމް މިނިސްޓްރީން އަންގައިފިއެވެ.

ސަރުކާރުން މިކަމަށް ވަނީ 32 ބޭންކެއް ކަނޑައަޅައިފައެވެ. ސަރުކާރުން ބުނީ ކުރިއަށް އޮތް އެއް މަސް ދުވަހުގެތެރޭގައި އެކައުންޓް ހުޅުވަން ޖެހޭނެ ކަމަށާއި މިފަދަ ފިޔަވަޅެއް އެޅީ ދެފުށްފެންނަ ގޮތަށް ކަންކަން ބެހެއްޓުމަށް ކަމަށެވެ.

މިފަދަ އެކައުންޓްތައް މޮނިޓަރކޮށް ބެލެހެއްޓޭނެ ނިޒާމެއްވެސް ސަރުކާރުން ވަނީ ހަމަޖައްސައިފައެވެ. އިންޑިއާ އަކީ ބޭރުގެ މާލީ އެހީ ގިނަ އަދަދަކަށް ލިބޭ ޤައުމަކަށްވާއިރު މިއީ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެއެވެ.

މިފަދަ އިންތިޒާމެއް ސަރުކާރުން ހަމަޖެއްސީ އެތެރެވާ ފައިސާ ބޭނުންކުރަނީ ޤައުމަށްފައިދާހުރި ގޮތުގައިކަން ކަށަވަރުކުރުމަށް ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
މިއަދު އޮންލައިން