އިންޑިއާގެ އޮރިއްސާ ސްޓޭޓްގެ ސަރަހައްދުގެ ވަޅަކަށް ވެށްޓުނު 3 އަހަރުގެ އަންހެން ކުއްޖަކު 7 ގަޑިއިރު ފަހުން ދިރިއޮއްވާ ސަލާމަތްކޮށްފިއެވެ.
ރިޕޯޓްތައް ބުނާގޮތުން ކުއްޖާ ވަޅަށް ވެށްޓުނީ މިއަދު ހެނދުނު 9 ޖެހިއިރުއެވެ. ސަލާމަތްކުރެވުނީ ހަވީރު 4:45 ހައިއިރުއެވެ.
މިހައި ގިނަ ވަގުތު ނެގީ ވަޅު ހިމަކަމުން ފޭބެން ނެތިގެން އިތުރު ވަޅެއް ކޮނެ އެވަޅުން ކުއްޖާ ވެއްޓިފައި އޮތް ވަޅަށް މަގެއް ކޮންނަން ޖެހުމުންނެވެ.
ވަޅުން ކުއްޖާ ނެގި ގޮތަށް ގެންދިއައީ ހޮސްޕިޓަލަށެވެ. ކުއްޖާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ބުނެއެވެ. މި މަސައްކަތްކުރި މީހުންނަށް ސަރުކާރުން ވަނީ ޝުކުރު އަދާކޮށްފައެވެ.