ދިރާގު ގެ ބްރޭންޑް އެމްބެސެޑަރުކަން ޒުވާން މިއުޒިކް ބޭންޑް

ކިޔުމަށް ހޭދަވާނީ 1މ 9ސ
ދިރާގު ގެ ބްރޭންޑް އެމްބެސެޑަރުކަން ޒުވާން މިއުޒިކް ބޭންޑް
ރާއްޖޭގެ އެންމެ ޒަމާންވީ މުއާސަލާތީ ޚިދުމަތް ދޭ ފަރާތް ކަމުގައިވާ ދިރާގު ގެ ބްރޭންޑް އެމްބެސެޑަރ އަކަށް، ޒުވާން މިއުޒިކް ބޭންޑެއް ކަމުގައިވާ "ޑިޓިއުން ބޭންޑް" ހަމަޖައްސައިފިއެވެ.

މިއަދު މެންދުރުފަހު ދިރާގުގެ ހެޑް އޮފީހުގައި މިކަމާއި ގުޅޭ ގޮތުން ބޭއްވުނު އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ދިރާގުގެ ފަރާތުން ސޮއި ކޮށްދެއްވީ އެކުންފުނީގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު އެވެ. ޑިޓިއުން ބޭންޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކޮށްދެއްވީ ބޭންޑްގެ އެއް ލީޑް ސިންގަރ ފާތިމަތު ފެޒޫ އެވެ.



މިއަދު އޮތް މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އަދި އެމްޑީ ވިދާޅުވީ ދިރާގުގެ ބްރޭންޑް އެމްބެސެދަރަކަށް ޑިޓިއުން ބޭންޑުވުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ޑިޓިއުންސް ބޭންޑް، ބޭންޑެއް ގޮތަށް މަސައްކަތް ކުރާތާ މިހާރު ގާތްގަނޑަކަށް 12 އަހަރުވެފައިވޭ. އެއީ އަޅުގަނޑަށް ހީވާ ގޮތުގައި އެކުވެރިކަމާއިއެކު ކުރިއަށް ގެންދިޔުމަށް އެބޭފުޅުން ދެއްވާ އަހައްމިއްޔަތުކަން ހާމަ ކޮށްދޭކަމެއް" އިސްމާއިލް ރަޝީދު ވިދާޅުވެފައިވެއެވެ.



ޑިޓިއުން ބޭންޑަކީ ޒުވާން ފަސް ފަންނާނެއް ހިމެނޭ ބޭންޑެކެވެ. އެބޭންޑު އެންމެ މަޝްހޫރުވެފައިވަނީ ގިނަ އަދަދަކަށް އޮރިޖިނަލް ލަވަތައް ހުށަހަޅާދީފައިވާ ބޭންޑެއްގެ ގޮތުގައެވެ.
މިއަދު އޮންލައިން