ޔަހޫދީ ސިފައިންނާ ކުރިމަތިލި ފަލަސްޠީނުގެ 15 އަހަރުގެ ތަމީމީ އާ މަންމަގެ ބަންދަށް 4 ދުވަސް އިތުރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ޔަހޫދީ ސިފައިންނާ ކުރިމަތިލި ފަލަސްޠީނުގެ 15 އަހަރުގެ ތަމީމީ އާ މަންމަގެ ބަންދަށް 4 ދުވަސް އިތުރުކޮށްފި
ޔަހޫދީ ސިފައިންނާއި ކުރިމަތިލައި އެމީހުންގެ މަންޒަރުތައް ފޯނަށް ވީޑިއޯކުރި އުމުރުން 15 އަަހަރުގެ ތަމީމީ އާއި އޭނާގެ މަންމަ އާއި ކޮއްކޮގެ ބަންދަށް އިތުރު 4 ދުވަސް ޔަހޫދީ ކޯޓުން އިތުރުކޮށްދީފިއެވެ.

މަންމަ އާއި ކޮއްކޮ ބަންދުކޮށްގެން އުޅެނީ ކީއްވެގެންކަން ހާމައެއް ނުކުރެއެވެ. ކޯޓުން ބުނީ ތަމީމީ އާއި ސުވާލުކުރަން އިތުރު މުއްދަތު ބޭނުންވާ ކަމަށެވެ.

އެމެރިކާގެ ރައީސް ޓްރަމްޕުގެ ނިންމުންތަކާއި ދެކޮޅަށް ފަލަސްޠީނުގެ ރައްޔިތުން ކުރި މުޒާހަރާގެ ތެރެއަށް އެއްވެސް ބަލައިލުމެއްނެތި ޔަހޫދީ ސިފައިން ރަބަރު ވަޒަންތައް ފޮނުވަމުން ދިއައިރު ތަމީމީ ގެންދިއައީ މަންޒަރުތައް ވީޑިއޯކުރަމުންނެވެ. އަދި ހަތިޔާރުއަޅައިގެންހުރި ޔަހޫދީ ސިފައިންގެ މީހެއްގެ މޫނުމަތީގައިވެސް ތަމީމީ ވަނީ އަތުން ޖަހައިފައެވެ.

ޔަހޫދީ ފުލުހުން ވަނީ އެއިގެ 3 ދުވަސްފަހުން ތަމީމީ ދިރިއުޅޭގެއަށް ވަދެގަނެ ގޭގައި ހުރި ހުރިހާ ފޯނުތަކާއި ކޮމްޕިޔުޓަރުވެސް ގެންގޮސްފައެވެ. ފަލަސްޠީނުގައި ތަމީމީ ވަނީ ޤައުމީ ބަޠޮލެއްގެ ގޮތުގައި ބަލައިގަނެފައެވެ.
މިއަދު އޮންލައިން