ފުލުހެއްގެ ފޫކޮޅުގަ ދަތްއެޅި މީހަކު 1 އަހަރަށް ޖަލަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
ފުލުހެއްގެ ފޫކޮޅުގަ ދަތްއެޅި މީހަކު 1 އަހަރަށް ޖަލަށް
ފުލުހެއްގެ ފޫކޮޅުގައި ދަތް އަޅައި އަދި އިތުރު 2 ފުލުހަކަށް ހަމަލާދިން މީހަކު 1 އަހަރަށް ޖަލަށް ލުމަށް ޙުކުމްކޮށްފިއެވެ.

ދުބާއީ ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި ކޯޓުން ކުރި ޙުކުމުގައި ވަނީ 1 އަހަރު ދުވަހު އޭނާ ޖަލު ބަންދުގައި ބެހެއްޓުމަށާއި ޖަލު ބަންދަށްފަހު އޭނާ ޑީPޯޓްކޮށް ޤައުމުން ފޮނުވާލުމަށެވެ.

3 ފުލުހުން އޭނާ ހައްޔަރުކުރަން އުޅުނީ ނާއިފްގެ ޢާންމު ސަރަހައްދެއްގައި ބަނގުރާ ވިއްކަން އުޅެނިކޮށް ފެނިގެންނެވެ. ފުލުހުން އެމީހުންގެ ކާޑު ދެއްކުމުން ރުޅި ގަދަވެ ދަތް އަޅައި ހަމަލާ ދިނުމަށް މަސައްކަތްކޮށްފައިވަނީ ނައިޖީރިއާގެ މީހެކެވެ.
މިއަދު އޮންލައިން