އިންޑިއާގަ ދުންފިނި އިތުރުވެ ރޭލު ދަތުރުތައް ނުކުރެވިފަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
އިންޑިއާގަ ދުންފިނި އިތުރުވެ ރޭލު ދަތުރުތައް ނުކުރެވިފަ
އިންޑިއާގެ ދިއްލީ ސަރަހައްދުގައި ދުންފިނި އިތުރުވެ ދުރު ނުފެންނާތީ ރޭލު ދަތުރުތައް ހުއްޓުމަކަށް އަތުވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 30 ރޭލުގެ ދަތުރު ވަނީ ލަސްވެފައެވެ. 6 ދަތުރު ވަނީ އަލުން ޝެޑިޔުލްކޮށްފައެވެ. 18 ދަތުރުވަނީ ކެންސަލް ކޮށްފައެވެ.

އިންޑިއާގެ އުތުރުގެ ބައެއް ސްޓޭޓްތަކަށް ވަނީ މި މައްސަލަ ބޮޑުވެފައެވެ. ހަރިޔާނާ، ޕަންޖާބް އަދި އުއްތަރު ޕްރަދޭޝްއަށް ވެސް މި މައްސަލަތައް ކުރިމަތިވެފައިވާއިރު މި ސްޓޭޓްތަކުގައި ދުންފިނީގެ އަސަރު ކުޑަވާން ފަށައިފާނެ ކަމަށް މިހާރު ވަނީ ބެލެވިފައެވެ.
މިއަދު އޮންލައިން