ރަސިއާގެ ސްޕަމާކެޓެއްގަ އެއްޗެއް ގޮވައި 4 މީހުން ޒަޚަމްވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ރަސިއާގެ ސްޕަމާކެޓެއްގަ އެއްޗެއް ގޮވައި 4 މީހުން ޒަޚަމްވެއްޖެ
ރަސިއާގެ ސެންޓް ޕީޓަރސްބަރގްގެ ސްޕަމާކެޓެއްގައި އެއްޗެއް ގޮވައި 4 މީހުން ޒަޚަމްވެއްޖެއެވެ.

ފުލުހުން ބުނީ އެއްޗެއް ގޮވިކަން ޔަޤީން ކުރެވޭ ކަމަށެވެ. ނަމަވެސް ކޮން އެއްޗެއް ކަމެއް އަދި އެއީ ޓެރަރިސްޓް ހަލާއެއް ކަމަކަށް ނުބުނެއެވެ. ނަމަވެސް އެއީ މީހުން މެރުމަށް ޤަޞްދުގައި ކުރި ކަމެއް ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

ފުލުހުން ބުނީ ގޮވާފައިވަނީ އެތަނުގެ ލޮކަރެއްގައި ބާއްވާފައި އޮތް އެއްޗެއް ކަމަށެވެ. ލޮކަރަކީ ތަނަށް ވަންނަ މީހުން ގެންނަ އެއްޗެތި ވަގުތީ ގޮތުން ބާއްވާ ތަނެވެ.

މި ގޮވުމާއި ގުޅިގެން އަލިފާން ނުހިފާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
މިއަދު އޮންލައިން