ފަލަސްޠީނުގެ ދިފާއުގައި ހުރިހާ މުސްލިމުން އެއްބައިވަންތަކަމާއެކު ކުރިމަތިލުމަށް ސައުދިއަރަބިޔާ އާއި ތުރުކީން ގޮވާލައިފިއެވެ.
މިމޭރުމުން ގޮވާލާފައި ވަނީ ސަލްމާން ރަސްގެފާނާނާއި ތުރުކީގެ ބޮޑުވަޒީރު ބިނާލީ އާއި ދެބޭފުޅުން މިއަދު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހުގައެވެ.
ދެބޭފުޅުންވެސް ވިދާޅުވީ މިއީ އިސްލާމީ ދުނިޔެ މިކަމުގައި އެއްބައިވަންތަވާންވީ ވަގުތު ކަމަށާއި ހުރިހާ މުސްލިމުން އެކުގައި މަސައްކަތްކުރަންވީ ވަގުތު ކަމަށެވެ.
ދެ ބޭފުޅުންވެސް އެމެރިކާގެ ރައީސް ޓްރަމްޕު ފަލަސްޠީނާއިމެދު ނިންމަމުން ގެންދާ ނިންމުންތައް ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފައެވެ. ނަމަވެސް އެމެރިކާގެ އަނިޔާވެރިކަން ހުއްޓުވަން ކުރެވިދާނެ އެއްވެސް ކަމެއް ފާހަގަކުރައްވާފައެއް ނުވެއެވެ.
ދެބޭފުޅުންވެސް ވިދާޅުވީ ޤުދުސް އާއި ޖެރޫސަލަމަކީ އިސްލާމުންގެ އެންމެ މުހިންމު ބިންތަކުގެތެރޭގައި ހިމެނޭ ބިންތައް ކަމަށާއި އެ ބިންތައް ދިފާޢުކުރަންޖެހޭނެ ކަމަށެވެ.