ސީރިޔާ އާއި އިރާޤުގައި މިހާރު ތިބީ ޑައޭޝްގެ 1000 އަށްވުރެ މަދު ހަނގުރާމަވެރިން ކަމަށް އެމެރިކާ ކޯލިޝަނުން ބުނެފިއެވެ.
އިރާޤާއި ސީރިޔާ އިން ވެސް ބުނަނީ ޑައޭޝްގެ ހަނގުރާމަވެރިން ފައްސައިލެވިއްޖެ ކަމަށެވެ. މިމޭރުމުން ބުނި ނަމަވެސް ކޮންމެ ދުވަހަކުވެސް ދަނީ ހަމަލާތައް ބަދަލުކުރަމުންނެވެ. މީހުން މަރުވަމުންނެވެ.
ޑައޭޝްގެ ހަނގުރާމަވެރިން އެކުގައި ފައްސައިލެވިއްޖެ ކަމަށް އިރާޤުން ބުނެފައިވާ ސަރަހައްދަކުން ވަނީ ދާދިފަހުން ބޮޑުބަޑިން ހަމަލާތައް ދީފައެވެ. އިރާޤުން ބުނީ ފަރުބަދަތައް މަތިން ހަަމަލާދިނީ ގޮތް ނުއެނގޭ ބައަކު ކަމަށެވެ.
ޑައޭޝް އާއި ދެކޮޅަށް އެމެރިކާއިން މިހާރު ހަމަލާތައް ދިންނަމަވެސް އެމެރިކާގެ ހަޤީޤީ މަޤްޞަދާއިމެދު ގިނަ ބައަކު ސުވާލު އުފައްދައެވެ.
ދިރަސާކުރާ ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި ޑައޭޝް އަކީ އެމެރިކާގެ ފުރިހަމަ ތާއީދު ލިބިގެން އުފެދި ހަރަކާތްތެރިވަމުން އަންނަ ޖަމާއަތެކެވެ.