ފިލިޕިންސަށް ދާދިފަހުން އެރި ޠޫފާނަށްވުރެ މާ ބާރުގަދަ އިތުރު ޠޫފާނެއް އަރައިފާނެ ކަމުގެ ބިރު އުފެދިއްޖެއެވެ. މޫސުމީ ކަންކަން ބަލަހައްޓާ އެމެރިކާގެ އެޖެންސީއަކުން ބުނެފައިވަނީ ގުއާމް އާއި ޕަލާއޫ އާއި ދެމެދު އުފެދިފައިވާ ކޮޅިގަނޑު ޠޫފާނަކަށް ބަދަލުވެދާނެ ކަމަށާއި އެ ޠުފާން ފިލިޕިންސަށް އެރުން ކައިރި ކަމަށެވެ.
ފިލިޕިންސަށް ދާދިފަހުން އެރި ޠޫފާނުގައި ވަނީ 300 އާއި ގާތްކުރާ އަދަދަކަށް މީހުން މަރުވެފައެވެ. 200 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ. ބައެއް މީހުން ވަނީ ކިސަޑުގައި ވަޅުލެވިފައެވެ. ލައްކައަކަށްވުރެ ގިނަ މީހުން ވަނީ މަގުމަތިވެފައެވެ.
މިހާރު އަރަން އުޅޭ ޠޫފާނަކީ ކުރީ ޠޫފާނަށްވުރެ ބާރުގަދަ ޠުފާނަކަށް ވެދާނެ ކަމަށް ބުނެ ދިފައިވާ އިންޒާރުގައި މިކަމަށް ކުރިއާލައި ތައްޔާރުވުމަށްވެސް ވަނީ ބުނެފައެވެ. މިޠުފާން އަރާނެ ކަމަށް ލަފާކޮށްފައި ވަނީ އަންނަ ޖަނަވަރީ މަހުގެ ކުރީކޮޅުގައެވެ.