ކާބުލްގެ ނޫސް އޭޖެންސީއަކަށް ދިން ބޮމުގެ ހަމަލާއެއްގައި 40 މީހުން މަރުވެ 30 މީހުން ޒަޚަމް ވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 16ސ
ކާބުލްގެ ނޫސް އޭޖެންސީއަކަށް ދިން ބޮމުގެ ހަމަލާއެއްގައި 40 މީހުން މަރުވެ 30 މީހުން ޒަޚަމް ވެއްޖެ
ރޮއިޓަރސް، ކާބުލް- އަފްޤާނިސްތާން ގެ ވެރިރަށް ކާބުލް ގައި ހުރި ނޫސް އޭޖެންސީ އެއް ކަމަށްވާ "އަފްޤާން ވޮއިސް" އަށް މިއަދު ދިން ބޮމުގެ ހަމަލާއެއްގައި 40 މީހުން މަރުވެ 30 މީހުން ޒަޚަމް ވެއްޖެއެވެ.

އެޤައުމުގެ އިންޓީރިއޯ މިނިސްޓްރީ ގެ ޑެޕިއުޓީ ތަރުޖަމާނު ނަސްރަތު ރަހީމީ ބުނިގޮތުގައި، އަނެއްކާވެސް ކާބުލް ގެ މީޑިއާ އޭޖެންސީ އަކަށް ދިން މިހަމަލާ ހިނގާފައިވަނީ، ހެނދުނު ގަޑީގައި ޕެނަލް ޑިސްކަޝަން އެއް ހިނގަމުން ދަނިކޮށެވެ.

މިއަދު ހަމަލާދިން ނޫސް އޭޖެންސީގެ އެއް ނޫސްވެރިއެއް ކަމުގައިވާ ސައީދު އައްބާސް ހުސެއިނީ ބުނިގޮތުގައި، އެންމެ ފުރަތަމަ މިއަދު ބޮމެއް ގޮއްވާލާފައިވަނީ އެނޫސް އޭޖެންސީއަށް ވަންނަން ހުންނަ މައި ދޮރާއި ދިމާލުން ކޮމްޕައުންޑް ތެރެއިންނެވެ. އޭގެ ފަހުން ވެސް ބޮންތަކެއް ގޮވި އަޑު އިވިފައިވެއެވެ.

މިހަމަލާ ހިނގާފައިވަނީ ކާބުލްގެ ދެކުނުން، ގިނަ އަދަދެއްގެ ޝީއިން ދިރިއުޅޭ ސަރަޙައްދެއްގައެވެ. އަފްޤާން ވޮއިސް ގައި ޝީއިންނާއި ގުޅުން އޮތް ނަމަވެސް، މިހަލަމާ ދީފައިވަނީ ކޮންބަޔަކު ކަމެއް އަދި ހޯދިފައެއް ނުވެއެވެ.

އަފްޤާން ވޮއިސް އަށް ދިން ހަމަލާއާއި ގުޅިގެން ޠާލިބާނުންގެ ތަރުޖަމާނު ޒަބީހުއްﷲ މުޖާހިދު ވަނީ މިއަދު ނޫސްބަޔާނެއް ނެރިފައެވެ. އޭގައި އޭނާ ބުނެފައިވަނީ، މިހަމަލާގައި ޠާލިބާނުންގެ އެއްވެއް އަތެއް ނުވާނެ ކަމަށެވެ. ކާބުލް ގެ ނޫސް އޭޖެންސީއަކަށް މިއަދު ހަމަލާ ދީފައިވާއިރު، މިދިޔަ މަހު އެސްޓޭޓްގެ ޕްރައިވެޓް ޓީވީ ސްޓޭޝަނަކަށް ވެސް ވަނީ ހަމަލާ ދީފައެވެ.
މިއަދު އޮންލައިން