ބިމު އަޑިން ރޭލްވޭއެއް އެޅުމުގެ ނަމުގަ މަސްޖިދުލްއަޤްޞާ ވައްޓާލުމުގެ އިތުރު މަސައްކަތް އިޒްރޭލުން ފަށަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ބިމު އަޑިން ރޭލްވޭއެއް އެޅުމުގެ ނަމުގަ މަސްޖިދުލްއަޤްޞާ ވައްޓާލުމުގެ އިތުރު މަސައްކަތް އިޒްރޭލުން ފަށަނީ
ޓެލްއަވީވުން ޤުދުސަށް ބިމުގެ އަޑިން ދަތުރުކުރެވޭ ގޮތަށް ރޭލްވޭއެއް އަޅަން ނިންމައި މަސްޖިދުލްއަޤްޞާ އާއި އެންމެ ގާތަށް ހަދާ ސްޓޭޝަނަނަށް އެމެރިކާގެ ރައީސް ޓްރަމްޕުގެ ނަމުން ނަންދޭން އިޒްރޭލުން ނިންމައިފިއެވެ.

އިޒްރޭލުން ބުނެފައިވަނީ މި ރޭލްވޭ އެޅުމުގެ ބޭނުމަކީ ޔަހޫދީން ބޯތަޅާ ފާރު ކައިރިއަށް ފަސޭހަކަމާއިއެކު ދެވުން ކަމަށެވެ. މިފާރު ހުންނަނީ މަސްޖިދުލްއަޤްޞާ އާއި ދާދި ގާތުގައެވެ. އެހެންކަމުން މިކަމަށް ބިން ކޮންނައިރު މަސްޖިދުލްއަޤްޞާ އާއި ވަރަށް ކައިރިން ބިން ކޮންނާނެއެވެ.

މަލަމަތި ރީތިކުރަން ކިތަންމެ ރީތި ނަމެއް ކިޔައިގެން ކަންކަން ކުރި ނަމަވެސް މި ހުރިހާ ކަމެއްގެ ވެސް ބޭނުމަކީ މަސްޖިދުލްއަޤްޞާ ވައްޓައިލުމެވެ. އެތަނަކީ ނެތް ތަނަކަށް ހެދުމެވެ.

ސުލައިމާނުގެފާނު އަޅުކަން ކުރެއްވި ތަން ނުވަތަ ހައިކަލް ހޯދުމުގެ ނަމުގައި ޔަހޫދީން މިހާރުވެސް ގެންދަނީ ސަރަހައްދު ކޮންނަމުންނެވެ. ނަމަވެސް އެއީ ވުޖޫދުގައިވާ ތަނަކަށް ނުވާއިރު އެތަން ހޯދުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

އިޒްރޭލުން ބުނަނީ މަސްޖިދުލްއަޤްޞާ އާއި އެންމެ ކައިރީގައި ހަދާ ސްޓޭޝަނަށް ޓްރަމްޕުގެ ނަމުން ނަން ދޭން ނިންމާފައިވަނީ ޖެރޫސަލަމަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ޓްރަމްޕް ޤަބޫލުކޮށްފައިވާތީ އެކަން ފާހަގަކޮށް ކަމަށެވެ. ނަމަވެސް މިކަމުގައިވެސް ފޮރުވާފައި އޮތް ބޭނުމަކީ މުސްލިމުން ރުޅިގަދަކުރުވުމެވެ.

އިޒްރޭލުން ކޮންނަން އެއުޅެނީ ޔުނެސްކޯ އިން ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ.
މިއަދު އޮންލައިން