ސައުދީ ކޯޓުތަކަށް ހިޖާބަ އަޅައިގެން ނޫނީ ނުވަދެވޭ ގޮތަށް ކޮށްފައި އޮތް އަމުރު ބާޠިލުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ސައުދީ ކޯޓުތަކަށް ހިޖާބަ އަޅައިގެން ނޫނީ ނުވަދެވޭ ގޮތަށް ކޮށްފައި އޮތް އަމުރު ބާޠިލުކޮށްފި
ސައުދިއަރަބިޔާގެ ކޯޓުތަކަށް ހިޖާބަ އަޅައިގެން ނޫނީ އަންހެނުންނަށް ނުވަދެވޭ ގޮތަށް ކޮށްފައި އޮތް އަމުރު ބާޠިލުކޮށްފިއެވެ.

ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ކުރިން ކޮށްފައި އޮތް އަމުރު ބާޠިލުކުރާ ކަމަށާއި އެކަށީގެންވާ ހެދުމުގައި ކޯޓުތަކަށް އަންހެނުންނަށް ވަދެވޭނެ ކަމަށެވެ.

މިކަމާއި ގުޅިގެން ޝޫރާ މަޖިލީހުގެ ބައެއް މެންބަރުން ބުނެފައިވަނީ މިއީ ވަރަށް ރަނގަޅު ނިންމުމެެއް ކަމަށާއި މިއީ މާކުރިންވެސް ނެރެންޖެހޭ އަމުރެއް ކަމަށެވެ.

ޚަބަރުގައިވާ ފޮޓޯއަކީ ސައުދިއަރަބިޔާގެ ޕްރިންސަސް ނޫރާ ބިންތި ޢަބްދުއްރަޙްމާން ޔުނިވަރސިޓީގައި ބޭއްވި ޕޮޕް ކޮންސަރޓަކަށް ވަނުމަށް އަންހެނުން ކިޔޫ ހަދައިގެން ތިއްބައި އޭއެފްޕީ އިން ނަގާފައިވާ ފޮޓޯއެކެވެ.
މިއަދު އޮންލައިން