ނިޔުޔޯކުގެ އެޕާޓްމަންޓެއްގައި އަލިފާން ރޯވެ 12 މީހުން މަރުވެއްޖެއެވެ.
މަރުވި މީހުންގެ ތެރޭގައި 1 އަހަރުގެ ތުއްތު ކުއްޖަކު ވެސް ހިމެނެއެވެ. މިހާދިސާގައި އިތުރު 4 މީހަކު ވަނީ ވަރަށް ބޮޑަށް ފިހި ފުރާނަ ސަލާމަތްކުރެވޭނެ ކަމުގެ އުންމީދު ގެއްލިފައެވެ.
އަލިފާން ހިފީ ރޭ އިރާކޮޅު 7 ޖެހިއިރު 5 ބުރި އިމާރާތެއްގެ ތިރީ ބުރީގެ އެޕާޓްމަންޓެއްގައެވެ. މިހާދިސާ އާއި ގުޅިގެން 170 ސިފައިން ވަނީ ސަރަހައްދަށް އައިސް ޖަހައި އަލިފާންގަނޑު އިތުރަށް ފެތުރުނަ ނުދިނުމަށް މަސައްކަތްކޮށްފައެވެ.
ނިޔުޔޯކުގެ މޭޔަރު ބުނީ މިއީ ވަރަށް ކަންބޮޑުވާ ހާދިސާއެއް ކަމަށާއި މިފަދަ ހާދިސާތައް މަދުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭނެ ކަމަށެވެ.