ރޮހިންޔާ މުސްލިމުންގެ ކޭމްޕުތަކުގައި ނުރައްކާތެރި ޑިފްތީރިއާ ބަލި ފެތުރެނީ- ދޭނެ ބޭހެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
ރޮހިންޔާ މުސްލިމުންގެ ކޭމްޕުތަކުގައި ނުރައްކާތެރި ޑިފްތީރިއާ ބަލި ފެތުރެނީ- ދޭނެ ބޭހެއް ނެތް!
ބަންގްލަދޭޝްގައި ހުރި ރޮހިންޔާ މުސްލިމުންގެ ކޭމްޕުތަކުގައި ނުރައްކައުތެރި ޑިފްތީރިއާ ބަލި ދަނީ ފެތުރެމުންނެވެ.

ޑޮކްޓަރސް ވިތްއައުޓް ބޯޑަރސް އިން ބުނީ މި ބަލީގައި މިހައި ތަނަށް 30 ވަރަކަށް މީހުން މަރުވެފައިވާ ކަމަށާއި 2000 އަށްވުރެ ގިނަ މީހުންނަށް ފަރުވާ ދެވިފައިވާ ކަމަށެވެ. އަދި ދުވާލަކު 100 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހެމުން އަންނަ ކަމަށެވެ.

މިބައްޔާއި ގުޅިގެން ދޭންޖެހޭ އެންޓިބައިޓިކް ފަދަ މުހިންމު ބޭސްތައްވެސް މިހާރު ވަނީ ހުސްވެފައެވެ. ގިނަ އަދަދެއްގެ މީހުން ކޮންމެ ދުވަހަކު ބަލިވަމުންދާއިރު ފަރުވާދޭނެ ޑޮކްޓަރުން އެހައިމެ މަދެވެ.

ޑޮކްޓަރސް ވިތައުޓް ބޯޑަރސް އިން ގެންދަނީ މި މައްސަލަ ދުނިޔޭގެ ސަމާލުކަމަށް ގެންނަން މަސައްކަތްކުރަމުންނެވެ.
މިއަދު އޮންލައިން