މިހާރަކަށް އައިސް ކޮންމެ ކަމަކަށްވެސް ބައެއް ޤައުމުތަކުގެ ސަރުކާރުތަކުން ފިޔަވަޅު އަޅަނީ ޢާންމުންގެ މީހަކު ކަމެއް ވީޑިއޯކޮށް ހާމަކުރުމުންނެވެ.
ދާދިފަހުން ސައުދިއަރަބިޔާގެ މީހަކު ވަނީ ޖަމަލުތަކަކާއި ހަވާލުވެހުރި މީހަކު ލަޓިބުރިއަކުން ޖަމަލަށް އަނިޔާކުރާ ވީޑިއޯއެއް ޢާންމުކޮށްފައެވެ.
ގިނަ ބައެއްގެ ސަމާލުކަމަށް ވީޑިއޯ އައުމުން ސަރުކާރުން މިހާރު ގެންދަނީ މައްސަލަ ބަލަމުންނެވެ.
އަނިޔާކުރާތަން ވީޑިއޯކުރަން ފެށުމުން ސެކިޔުރިޓީ ގާޑު ވަނީ އެކަން މަނާކުރަން މަސައްކަތްކޮށްފައެވެ. އެތަނުގައި ވީޑިއޯ ކުރުން މަނާކަން އެނގޭނެ ބޯޑެއް ނެތް ކަމަށް ބުނުމުން ގާޑު ބުނީ އަނިޔާކުރަނީ ކަލެއަށް ނޫން ކަމަށްވާއިރު ކެލޭ އެކަމާއި ކަންބޮޑުވާން ނުޖެހޭ ކަމަށެވެ.
ޖަމަލުގެ މަހަކީ އަރަބި ޤައުމުތަކުގައި އެންމެ އަގުބޮޑު ކެއުމެވެ. ކަތިލެވޭ ޖަނވާރުތަކަށްވެސް އަނިޔާވެރިވުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ. ކަތިލުމުގެ ކުރިން ފެން ދޭން ޖެހެއެވެ. ކަތިލަން ގެންގުޅޭ ވަޅި، ކަތިލެވޭ ޖަނާވާރަށް ދެއްކުން ހުއްދައެއް ނޫނެވެ. ކަތިލަން ޖެހެނީ ވަޅި ތޫނުކޮށް ޖަނަވާރަށް އެންމެ އަނިޔާ ކުޑަވާނެ ގޮތަށެވެ.
އެހެންކަމުން އިސްލާމް ދީނުގައި ޖަނަވާރުތަކަށް ދީފައިވާ ހިމާޔަތް ލިބިދޭކަން ކަށަވަރުކުރުމަކީ ސަރުކާރުތަކުގެ މަސްއޫލިއްޔަތެކެވެ.
ގުޅުންހުރި ވީޑިއޯ: