ލައިބީރިއާގައި ބޭއްވި ފުރަތަމަ މިނިވަން ރިޔާސީ އިންތިޚާބު ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ޖޯޖް ވެއާ ކާމިޔާބުކޮށްފިއެވެ. ޖޯޖް އިންތިޚާބު ކާމިޔާބުކުރީ ނައިބް ރައީސް ޖޭސެފް ބޯކައި އާއި ވާދަކޮށް 61 އިންސައްތައަށްވުރެ މަތީ އަޣްލަބިއްޔަތަކުންނެވެ.
51 އަހަރުގެ ޖޯޖް ވަނީ ފީފާގެ ވޯލްޑް ޕްލޭޔަރ އޮފް ދަ އިޔަރގެ އެވޯޑް ހާޞިލުކޮށްފައެވެ. ވޯޓުގެ ފުރަތަމަ ބުރުގައި ވެސް ކުރި ހޯދީ ޖޯޖެވެ. ދެވަނަ ބުރެއް ބާއްވަން ޖެހުނީ 50 އިންސައްތަ އެ ބުރުގައި ނުލިބުމުންނެވެ.