"1 ދަރަޖަ މަތީގަ" ބާތްޑޭ ފާހަގަކުރަނިކޮށް އަލިފާން ހިފައި އިތުރު 14 މީހުންނާއިއެކު މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
"1 ދަރަޖަ މަތީގަ" ބާތްޑޭ ފާހަގަކުރަނިކޮށް އަލިފާން ހިފައި އިތުރު 14 މީހުންނާއިއެކު މަރުވެއްޖެ
އުމުރުން 28 އަހަރުގެ އަންހެނަކު އިންޑިއާގެ މުންބާއީގެ ރެސްޓޯރންޓެއްގެ ރޫފްޓޮޕްގައި ރަހްމަތްތެރިންނާއިއެކު އުފަން ދުވަަސް ފާހަގަކުރަނިކޮށް އަލިފާން ހިފައި އިތުރު 14 މީހުންނާއިއެކު މަރުވެއްޖެއެވެ.

ރޭ ހިނގި މިހާދިސާގައި މަރުވެފައިވާ މީހުންގެ ތެރޭގައި ގިނައީ އުމުރުން 20 އަހަރާއި 30 އަހަރާއި ދެމެދުގެ ޒުވާނުންނެވެ. ގިނަ ބައަކު މަރުވެފައި ތިއްބާ ފެނުނީ ފާޚާނާ ތެރެއިންނެވެ. ބެލެވޭ ގޮތުން އެމީހުން މަރުވީ ނޭވާ ހާސްވެގެންނެވެ.

އަލިފާނުގެ ހާދިސާ ހިނގިތަނުގެ ނަމަކަށް ކިޔަނީ "1 އެބަވް" އެވެ. "1 ދަރަޖަ މަތީގައި" ނަމަކަށް ކިޔާ ރެސްޓޯރަންޓުގެ ރޫފްޓޮޕަކީ ހުއްދަ ނުނަގައި ވަގުތީ ގޮތުން ހަދާފައިވާ ބައެކެވެ. އެތަނުގައި ހިފި އަލިފާން ވެސް ހިފާއިވަނީ 1 ދަރަޖަ މަތީގައިކަމަށްވާތީ އިތުރު 50 މީހުން ފިހިގެންނާއި ނޭވާ ހާސްވެގެން ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. 1 ދަރަޖަ މަތިވުމުން ރޯވި އަލިފާންގަނޑު ކޮންޓްރޯލްކުރަން ވެސް 3 ގަޑިއިރު ނެގިއެވެ.

4 ބުރީގެ އިމާރާތެއްގައި ހިންގާ މިރެސްޓޯރަންޓަކީ ކެއުމުގެ އިތުރުން ބަނގުރަލުގެ ޕާޓީތައްވެސް ބާއްވާ ތަނެކެވެ.

އަލިފާން ރޯވުމުން ގިނަ ބައަކު ވީހައި އަވަހަކަށް ތަނުން ނުކުންނަން އުޅުމުގެ ތެރޭގައިވެސް ގިނަ ބައަކަށް ވަނީ އަނިޔާވެފައެވެ.
މިއަދު އޮންލައިން