ޢަބްދުﷲ ރަސްގެފާނުގެ ދެ ދަރިކަލަކު ދޫކޮށްލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ޢަބްދުﷲ ރަސްގެފާނުގެ ދެ ދަރިކަލަކު ދޫކޮށްލައިފި
ކޮރަޕްޝަންގެ ތުހުމަތުގައި ސައުދީ ސަރުކާރުން ބަންދުކުރި މީހުންގެ ތެރޭގައި ހިމެނޭ ސައުދިއަރަބިޔާގެ ކުރީގެ ރަސްގެފާނު، ޢަބްދުﷲ ރަސްގެފާނުގެ ދަރިކަލަކު މިއަދު ދޫޫކޮށްލައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުން މިއަދު މިނިވަންކުރީ ޕްރިންސް މިޝޭލް ބިން ޢަބްދުﷲ އާއި ޕްރިންސް ފައިޞަލް ބިން ޢަބްދުﷲ އެވެ. ޢަބްދުﷲ ރަސްގެފާނު އެއް ދަރިކަލަކު އަދިވެސް ހުންނެވީ ބަންދުގައެވެ.

މިއަދު ދޫކޮށްލި ދެބޭފުޅުން މިނިވަންކުރީ ސަރުކާރުން ބުނާ އަދަދަށް ފައިސާ ދައްކަވަން އެއްބަސްވެވަޑައިގަތުމުންނެވެ. އެގޮތަށް އެއްބަސްވެވަޑައި ނުގަންނަވާ ބޭފުޅުން އަދިވެސް ތިއްބެވީ ބަންދުގައެވެ.
މިއަދު އޮންލައިން