"1 ދަރަޖަ މަތީގަ" ބޮޑު ދައިތަ ސަލާމަތްކުރަން މަސައްކަތްކުރި ދެބެންނާ ބޮޑުދައިތަ ވެސް މަރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
"1 ދަރަޖަ މަތީގަ" ބޮޑު ދައިތަ ސަލާމަތްކުރަން މަސައްކަތްކުރި ދެބެންނާ ބޮޑުދައިތަ ވެސް މަރު
އިންޑިއާގެ މުމްބާއީގެ "1 ދަރަޖަ މަތީގަ" ރޭ ހިނގި އަލިފާނުގެ ހާދިސާގައި ބޮޑު ދައިތަ ސަލާމަތްކުރަން މަސައްކަތްކުރި ދެ ބެއިންނާއި ބޮޑުދައިތަ ވެސް ވަނީ މަރުވެފައެވެ.

4 ބުރިއަށް ހުންނަ އެ ހަބަށް ދެބެން ދިއައީ އެމެރިކާގައި ދިރިއުޅޭ ދެބެއިން އެމެރިކާގައި ތިބެފައި އައިސް އުޅޭތީ ދެބެއިންގެ ޝަރަފުގައި ބޮޑު ދައިތަ އިންތިޒާމުކޮށްދިން ރަޙްމަތްތެރިކަމުގެ ޕާޓީއަކަށެވެ. ޕާޓީ އިންތިޒާމުކޮށްދިން ނަމަވެސް ބޮޑު ދައިތަ ޕާޓީއަށް ނުދިއުމަށް ބަހަނާތައްވެސް ދެއްކި ކަމަށްވެއެވެ.

މަތީ ބުރީގައި އަލިފާން ހިފިކަން އެނގުމުން ބޮޑުދައިތަ ހޯދައި ފެންނަން ނެތުމުން އެއް ކުއްޖަކު ބޮޑު ދައިތަ ހޯދަމުން ދަނިކޮށް ފެނުނީ އެބުރީގެ ފާޚާނާއެއްގައި ހުއްޓައެވެ. ބޮޑު ދައިތަ ގޮވައިގެން ނުކުންނަން އުޅެނިކޮށް އަލިފާނުގެ އަސަރުކުރުމުން ނުކުމެވޭނެ ގޮތެއް ނުވީއެވެ. ދެން ހުރި ކުއްޖާ ދިއައީ ލަސްވުމުން އެމީހުން ސަލާމަތްކުރާށެވެ. ދިއަ ގޮތަށް އެ ކުއްޖާއަށްވެސް ނުނުކުމެވުނީއެވެ.

މަރުވި ދެބެއިންނަކީ 25 އަހަރާއި 23 އަހަރުގެ ދެބެއިންނެވެ. ދެބެއިން މުމްބާއީއަށް އައީ މީގެ ދެ ހަފްތާ ކުރިންނެވެ. ޖަނާޒާގެ ކަންތައްތައް ނިންމައިލުމަށްފަހު މިއަދު ހެނދުނު ބައްޕަ ބުނީ ރެއަކީ އޭނާގެ ދިރިއުޅުން އަނދިރިވެގެންދިއަ ރޭ ކަމަށާއި އިތުރަށް ވާހަކަ ދެއްކެން ނެތް ކަމަށެވެ.

އިމަރާތް ހުރީ އަލިފާނުން ސަލާމަތް ވެވޭނެ ފަދަ ގޮތަކަށް ކަމަށް ނުވާތީ މިކަމާއި ގުޅިގެން 5 މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
މިއަދު އޮންލައިން