"ގިނަ އަދަދެއްގެ އަންހެނުން ފާޚާނާތަކާ ދިމާއަށް ދުވި. ރޭ އެތަނުގަ ބާތްޑޭ ފާހަގަކުރި ޚުސްބޫ މެހްތާ ހުރީ އެ އަންހެނުންތަކުގެ ތެރޭގަ. އޭނާ އާ އިތުރު 14 މީހަކު މަރުވީ."
އިންޑިއާގެ މުމްބައީގެ "1 ދަރަޖަ މަތީގަ" ރޭ ހިނގި އަލިފާނުގެ ހާދިސާއިން ސަލާމަތް ވެވުނު ޑރ. ސުލްބާ އަރޯރާ ބުނީ އޭނާ އަކީވެސް އެއިރު އެތަނުގައި ހުރި މީހެއް ކަމަށާއި ފުރަތަމަ ފެނުނީ ކަނެއްގައި އިން ދާދި ކުޑަކުޑަ ހުޅުކޮޅެއް ކަމަށެވެ. ކުއްލިއަކަށް މުޅި ތަނަށް ފެތުރިގެން ދިއައީ ކަމަށާއި އެކަން ހިނގީ މަގު ސިކުންތުކޮޅެއްގެ ތެރޭގައި ކަމަށެވެ.
ޑރ. އަރޯރާ ބުނީ އެވަގުތަކީ ބިލް އަދާކުރުމަށްފަހު އޭނާ އެތަނުން ފައިބަން މަސައްކަތްކުރި ވަގުތު ކަމަށެވެ. ލިބުނު ސިހުމާއިއެކު އަވަހަށް ފައިބަން އުޅުމުގެ ތެރޭގައި ފުރޮޅާލައިގެން ވެއްޓުނު ކަމަށެވެ. ބައެއް މީހުން އޭނާގެ ގައިމަތިން ވެސް ދިއަކަމަށެވެ.
"އެއީ މެންދަމު 15:15 ހައިއިރު އަހަރެމެންވެސް ބިލް ދައްކާފައި ފައިބަނީ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި ރޫފްޓޮޕްގައި އެކުގައި އަލިފާން ހިފައި އަނދަން ފެށީ. އެކަކަށް އެއް ކަމެއް ކުރާނެ ފުރުޞަތެއްވެސް ނުލިބޭ."
ޑރ. އަރޯރާ ބުނީ އެވަގުތު އެންމެ ބޮޑު މައްސަލައަކަށްވީ އެއް ބައަކު އެމީހުންގެ ބައިވެރިންނާއި އެކުވެރިން ހޯދައި ސަލާމަތްކުރަން އެތެރެއަށް ވަންނަން އުޅުމުން ކަމަށެވެ. އަދި އޭނާއަށް ސަލާމަތްވެވުނީ ނުކުންނަން ހިފި މީހުންގެތެރޭގައި ހުރެވުމުން ކަމަށެވެ.
"ގިނަ އަދަދެއްގެ އަންހެނުން ފާޚާނާތަކާ ދިމާއަށް ދުވި. ރޭ އެތަނުގަ ބާތްޑޭ ފާހަގަކުރި ޚުސްބޫ މެހްތާ ހުރީ އެ އަންހެނުންތަކުގެ ތެރޭގަ. އޭނާ އާ އިތުރު 14 މީހަކު މަރުވީ."
"1 ދަރަޖަ މަތީގަ" ޕަބް ހުރި އިމާރާތުގައި 20 ޕަބް އާއި ރެސްޓޯރަންޓްތަކާއި ކޮފީޝޮޕްތައް ހުރެއެވެ. ހަވީރުންސުރެ އެތަންތަން ވަނީ ފުރިބާރުވެފައެވެ. ވަދެ ނުކުމެވާނެ އެކަށީގެންވާ ޖާގަ ނެތްކަމަށް ބުނެ ހަވީރު ބައެއް މީހުން ވަނީ ޓްވީޓްވެސް ކޮށްފައެވެ.