އާ އަހަރުގެ ޝޯއަށް މީކާ ސިންގް ރާއްޖެ އަތުވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 12ސ
އާ އަހަރުގެ ޝޯއަށް މީކާ ސިންގް ރާއްޖެ އަތުވެއްޖެ
އާ އަހަރު ފާހަގަކުރުމަށް އަލިމަސް ކާނިވަލްގައި މާދަމާ ރޭ ބާއްވާ 'ވެލްކަމް 2018' ޝޯގައި ލަވަތައް ހުށައަޅައިދިނުމަށް ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ މީކާ ސިންގް ރާއްޖެ އަތުވެއްޖެއެވެ.

ބޮލީވުޑްގެ ގިނަ ފިލްމުތަަކަކަށް ލަވަ ހުށައަޅާފައިވާ އަދި ދިވެހިންގެ މެދުގައި ވެސް މަޤުބޫލުކަން ހޯދާފައިވާ މީކާ ސިންގް ރާއްޖެ އައީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ޕަންޖާބީ ސްޓައިލްގެ ލަވަތައް ހުށައަޅައިދޭ ލަވަކިޔުންތެރިޔާ މީކާ ސިންގްއަކީ މިއުޒިކް ކޯމްޕޯސާ އަދި މިއުޒިކް ޑައިރެކްޓަރެއް ވެސް މެއެވެ.

މިކާ ސިންގްގެ އިތުރުން ޕާކިސްތާނަށް އުފަން ބޮލީވުޑްގެ ލަވަކިޔުންތެރިޔެއްކަމަށްވާ ރާހަތު ފަތްހް ޢަލީ ޚާން ވެސް މި ޝޯގައި ލަވަތައް ހުށައަޅައިދޭނެއެވެ. އަދި ރާއްޖޭގެ ބައެއް މަޝްހޫރު ލަވަކިޔުންތެރިންގެ ވެސް ހުށައެޅުންތައް މި ޝޯގައި ފެނިގެންދާނެއެވެ.

ބޮލީވުޑްގެ ފިލްމީ ތަރި ބިޕާޝާ ބާސޫއާއި އޭނާގެ ފިރިމީހާ އެކްޓަރު ކަރަން ސިންގް ވެސް މި ޝޯގައި އައިޓަމް ނެށުންތަކެއް ހުށައަޅައިދޭނެއެވެ.

މި ފަހަރުގެ ޝޯ އިންތިޒާމްކުރަނީ ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އެެވެ.

އެމްއައިޓީޑީސީއިން ބުނެފައިވަނީ މި ފަހަރު ބޭރުގެ ކުންފުންޏަކާ ވެސް ހަވާލުކޮށްގެން ޝޯ ބާއްވާތީ އެހެން އަަހަރުތަކަށްވުރެ، މި ފަހަރުގެ ޝޯ ފޯރިގަދަވެފައި ތަފާތުވާނެކަމަށެވެ.

މިއަދު އޮންލައިން