ސައުދިއަރަބިޔާއަށް މިއަހަރު ހާޞިލުކުރެވުނު ކާމިޔާބީތައް ފާހަގަކުރާއިރު އުންމަތާއި ގުޅުންހުރި ކަމެއް ނެތް- ކަންބޮޑުވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ސައުދިއަރަބިޔާއަށް މިއަހަރު ހާޞިލުކުރެވުނު ކާމިޔާބީތައް  ފާހަގަކުރާއިރު އުންމަތާއި ގުޅުންހުރި ކަމެއް ނެތް- ކަންބޮޑުވޭ!
ނިމިގެން މިދާ 2017 ވަނަ އަހަރު ސައުދިއަރަބިޔާއަށް ހާޞިލުކުރެވުނު ކާމިޔާބީތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު ފެނިގެންދަނީ ޤައުމުގެ އެތެރޭގެ ކަންކަމަށް ގެނެވުނު ބޮޑެތި ބަދަލުތަކެވެ. މުސްލިމް އުންމަތާއި ގުޅުންހުރި ކަންކަން ފާހަގައެއް ނުކުރެއެވެ.

ބައެއް ނޫސްތަކުގައި ފާހަގަކުރާ ކާމިޔާބީތަކަކީ އައު ވަލީ އަހުދަކު ހަމަޖެއްސުމާއި އަންހެނުންނަށް ޑްރައިވިންގ ލައިސަންސް ދޭން ފެށުމާއި ސިނާމަތައް އަލުން ހުޅުވަން ނިންމުމާއި ބޮޑެތި ޕޮޕް މިޔުޒިކްޝޯތައް ބާއްވަން ފެށުމާއި އެމެރިކާގެ ރައީސް ޓްރަމްޕް އެ ޤައުމަށް ކުރި ދަތުރެވެ.

މިއިން އެއްވެސް ކަމަކީ އިސްލާމީ އުންމަތަށް އެއްވެސް ފައިދާއެއް ހުރިކަމެއް ކަމަށް ގިނަ ބައަކު ޤަބޫލެއް ނުކުރެއެވެ.

ސައުދިއަރަބިޔާއަކީ އިސްލާމީ އުންމަތަށް ފައިދާހުރި އެތައް ކަންތައްތަކެއް ކުރަމުން ގެންދާ ޤައުމެކެވެ. މުސްލިމް ޤައުމުތަކަށް ބޮޑެތި އެހީތައް ފޯރުކޮށްދޭ ޤައުމެކެވެ. ނިމިގެން މިދާ އަހަރަކީވެސް މިފަދަ ދާއިރާތަކުން އިސްލާމީ އުންމަތަށް ސައުދިއަރަބިޔާއިން ބޮޑެތި އެހީތަކެއް ފޯރުކޮށްދިން އަހަރެކެވެ.

އެހެންކަމާއިއެކުވެސް އަހަރުގެ ކާމިޔާބީތައް ފާހަގަކުރަމުން ގެންދާއިރު މިފަދަ އެއްވެސް ކަމެއް ހިމަނާފައި ނެތުމުން ގިނަ ބައަކު ކަންބޮޑުވެއެވެ. އަދި ސައުދީ ނޫސްތަކުގެ ފަލަ ސުރުޚީއަށް އަންނަމުން މިދާ ބަދަލާއިމެދު ގިނަ ބައަކު ދަނީ ސުވާލުކުރަމުންނެވެ.
މިއަދު އޮންލައިން