ކެންސަރު ޖެހުނީ އަމިއްލައަކަށް ނޫން - ބިރެއް ނުގަންނަން: ލޫމާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ކެންސަރު ޖެހުނީ އަމިއްލައަކަށް ނޫން - ބިރެއް ނުގަންނަން: ލޫމާ
ކެންސަރު ޖެހުނީ އަމިއްލައަށް ކުރި ކަމަކުން ނޫން ކަމަށާއި ކެންސަރު ޖެހުމުން އެއްވެސް ވަރަކަށް ބިރު ނުގަންނަ ކަމަށް ލޫމާ ބަޝްމީ ބުނެފިއެވެ.

އުމުރުން 31 އަހަރުގެ ލޫމާ ބުނީ އޭނާއަށް ކެންސަރު ޖެހިފައިވާކަން އެނގުނީ މީގެ 6 މަސް ދުވަސްކުރިން ކަމަށާއި އޭނާ އަވަސްވެގަތީ ފަރުވާ ހޯދަން ކަމަށެވެ. "އަހަރެން އެއްވެސް ވަރަކަށް ކަންބޮޑެއް ނުވަން. ނަޞީބަކުން އަހަރެން ހުރީ އިންޝުއަރވެސް ކޮށްގެން. އެހެންވީމާ ޚަރަދުކުރުމަށްވެސް އެއްވެސް ދަތިކަމެއް ނެތް."

ލޫމާ ބުނީ އޭނާއަށް ޖެހިފައިވަނީ އުރަމަތީ ކެންސަރު ކަމަށެވެ. ނަގާފައިވާ ދެ ގަނޑުގެ ސަބަބުން އުނދަގޫތަކެއް އެބަހުރި ކަމަށާއި ނަމަވެސް އެއީ އެއްވެސް މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ.

"އަހަރެން އުޅެނީ ޢާންމު ދިރިއުޅުން. ބޭރަށްވެސް ގޮސް އުޅެން. ދިރިއުޅުމުގެ އެއްވެސް އާދައެއް ބަދަލެއް ނުކުރަން. ޤަވާއިދުން ކީމޯ ތެރަޕީ ނަގަމުން މިދަނީ. އެ ނޫން ކަން ކަމެއް ކުރެވޭނީ؟"

ލޫމާ ބުނީ ކެންސަރަށް ފަރުވާ ކުރެވޭނެ އެންމެ ރަނގަޅު ފެންވަރުގެ ޑޮކްޓަރުން މިހާރު ޔޫއޭއީގައި އެބަތިބި ކަމަށެވެ. އެހެން ކަމުން ޤައުމުން ބޭރަށް ދާން ނުޖެހޭނެ ކަމަށެވެ.

ކެންސަރު ބައްޔާއިމެދު ލުމާގެ އިލްތިމާސަކީ ކޮންމެ މީހަކުވެސް ސާބިތުކަމާއިއެކު ކުރިމަތިލުމެވެ. ވާނެ ގޮތް އެކަކަށްވެސް ނުއެނގޭނެ އިރު ވާނެ ނުވަތަ ވެދާނެ ގޮތަކާއިމެދު ވިސްނައި ކަންބޮޑުނުވުމެވެ.
މިއަދު އޮންލައިން