"ކަލާނގެތައް" ހިންގާ "ޖަލު" ތަކުގައި ބަންދުވެފައި ތިބި އަންހެނުންނަށް އެމީހުންނަކީ ކޮންބައެއްކަންވެސް ނުއެނގޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
"ކަލާނގެތައް" ހިންގާ "ޖަލު" ތަކުގައި ބަންދުވެފައި ތިބި  އަންހެނުންނަށް އެމީހުންނަކީ ކޮންބައެއްކަންވެސް ނުއެނގޭ!
އިންޑިއާގައި "ކަލާނގެ" ތަކަށް ހެދިގެން އުޅޭ ދީނީ ބޮޑުން ހިންގާ އަޝްރާމް "ޖަލު" ތަކުގައި ބަންދުކޮށްގެން ގެންގުޅެނީ ކިތައް ހާސް އަންހެނުން ކަމާއިމެދު މިހާރުވެސް ވަނީ ސުވާލުތައް އުފެދިފައެ.

ފުލުހުން މިއަދު ހެނދުނު ހިންގި އޮޕަރޭޝަނެއްގައިވެސް އަޝްރާމް "ރޫޙާނީ ޔުނިވަރސިޓީ" އަކުން ވަނީ 12 އަންހެނުންނާއި ކުޑަކުދިން ހޯދައިފައެވެ. މިއިން ކޮންމެ ދަރިވަރެއްގެ ތައުލީމީ ސިލަބަހުގައިވެސް "ކަލާނގެ ބޭނުންވުމުން ޖިންސީ ޝިކާރައަކަށްވާން ޖެހުން" އޮވެއެވެ.

މިހައިތަނަށް ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި 250 އަށްވުރެ ގިނަ އަންހެނުންނާއި 50 އަށްވުރެ ގިނަ ކުޑަކުދިން ވަނީ އަޝްރާމް ޖަލުތަކުން ސަލާމަތްކޮށްފައެވެ.

ފުލުހުން ޤަބޫލުކުރާ ގޮތުގައި މިފަދަ 300 ވަރަކަށް ޖަލު ހުރުމަކީ ގާތް ކަމެކެވެ. އަދި އެތަންތަނުގައި ޤައިދީންގެ ގޮތުގައި އެތައް ހާސް އަންހެނުންނާއި ކުޑަކުދިން ތިބުމަކީ އެކަށީގެންވާ ކަމެކެވެ.

މިހައިތަނަށް ފެނިފައިވާ ގިނަ އަންހެނުންނަށް އެމީހުންގެ އަމިއްލަ މައުލޫމާތެއްވެސް ނުއެނގެއެވެ. މައިންބަފައިންނަކީ ކޮބައިކަންވެސް ބުނެއެއް ނުދެވެއެވެ. އެހެންކަމުން މިކަމުގެ ނެޓްވޯޓް ވަރަށް ދުރަށް ގުޅިފައިވާކަމަށް ވަނީ ބެލެވިފައެވެ.

ބެލެވޭ ގޮތުގައި މިފަދަ އަންހެނުންނަކީ ވަރަށް ކުޑައިރު ވަގަށް ނަގާފައިވާ ކުދިންނެވެ. އެމީހުންނަށް އެހެން ހަޔާތެއްގެ މައުލޫމާތު ލިބިފައިވެސް ނެތުމުން މިނިވަންވެގެން ދާނެ ތަނެއްވެސް ނުއެނގެއެވެ.
މިއަދު އޮންލައިން