8 ވަނަ ދަރިފުޅު ވިހެއުމަށްފަހު ނޫނީ ކެންސަރަށް ފަރުވާ ހޯދަން ބޭނުން ނުވި ނަރުހަކު މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
8 ވަނަ ދަރިފުޅު ވިހެއުމަށްފަހު ނޫނީ ކެންސަރަށް ފަރުވާ ހޯދަން ބޭނުން ނުވި ނަރުހަކު މަރުވެއްޖެ
ސަޕްނާ ޓްރޭސީގެ އުރަމައްޗަށް ކެންސަރު ޖެހިފައިވާކަން އެނގުނީ 8 ވަނަ ދަރިފުޅަށް ބަލިވެ އިނދެ ބަނޑަށް 3 މަހުގައެވެ. ސަޕްނާގެ ހުރިހާ ދަރިންނަކީވެސް 15 އަހަރުން ދަށުގެ ކުދިންނެވެ.

ޑޮކްޓަރުން ބުނީ ފަރުވާ ލަސް ނުކުރެވޭނެ ކަމަށާއި ދަރިފުޅު ވައްޓައިލުމަށެވެ. ނޫންނަމަ ކުއްޖާ އާއިއެކުވެސް އަވަހަސް ކީމޯ ތެރަޕީ ފަރުވާ ފެށުމަށެވެ.

ނަރުހެއްގެ ވަޒީފާ އަދާކުރާ ސަޕްނާއަށް މިކަމުގައި ޑޮކްޓަރުންނާއި ނަރުހުންނާއި އެކުވެރިން ދިން އެއްވެސް ނަބޭޙަތެއް ޤަބޫލެއް ނުކުރެއެވެ. އެގޮތަށް ކަންތައް ކުރުމުން 7 ދަރިން ޔަތީމްވާނެ ކަމަށް ބުނުމުން ވެސް އޭނާ ބޭނުންވީ ވިހާށެވެ. އޭނާ ބުނީ 7 ދަރިންނާއި އެހީވާނެ ބައިވަރު މީހުން ތިބޭނެ ކަމަށާއި ބަނޑުގައި ދަރިފުޅު ވިހެއުމަކީ ހަމައެކަނި އޭނާއަށް ކުރެވޭނެ ކަމެއް ކަމަށެވެ.

އޭނާއަށް 8 ވަނަ ދަރިފުޅު ވިހުމުގެ ފުރުޞަތު ލިބުނެވެ. ނަމަވެސް އެއިރު ކެންސަރު ވަނީ ފުއްޕާމެއަށް ފެތުރިފައެވެ. ނަތީޖާއަކަށްވީ 2 އަހަރުފަހުން މަރުވުމެވެ.

ސަޕްނާގެ ދެމަފިރިންނަކީވެސް ކްރިސްޓިއަން ދީނަށް ވަރަށް ބޮޑަށް އިތުބާރުކުރާ ދެމަފިރިންނެވެ. ފައްޅިއާއި ވަރަށް ގާތް ގުޅުމެއް ބާއްވާ ދެމަފިރިންނެވެ. ސަޕްނާގެ ނިންމުންތައް ނިންމީ ދީނީ މައުލޫމާތުގެ އަލީގައިކަމަށް ފިރިމީހާ ބުނެއެވެ.

މިފަދަ ހާލަތުގައި ދަރިވައްޓައިލުން އިސްލާމް ދީން ހުއްދަކުރެއެވެ. މައިމީހާގެ ފުރާނައަށް ނުރައްކާވެދާނެކަމަށް ޑޮކްޓަރުންނަށް ޔަޤީންކުރެވޭ ޙާލަތުގައި ދޭ އިރުޝާދަށެވެ. ނަމަވެސް އެފަދަ ކަމެއް އަމިއްލައަށް ނިންމުން އިސްލާމް ދީން ހުއްދައެއް ނުކުރެއެވެ.
މިއަދު އޮންލައިން