އިންޑިއާގެ ބިހާރަށް ނިޞްބަތްވާ މުޙައްމަދު ޝުޢައިބުގެ މައްޗަށް 1996 ވަނަ އަހަރު ކައިވެނި ކުރަން އަމުރުކުރީ ކުޑަކުއްޖަކަށް ހުއްޓައި އެކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއްގައެވެ. ކައިވެނި ކުރުމަށްފަހު ފިލައިގެން ދިއައީއެވެ.
އޭނާ ފިލުމުން އޭނާގެ ބައްޕަ ވަނީ ބައަކު އޭނާ ވަގަށް ނެގި ކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފައެވެ. އަނބިމީހާ ވަނީ އޭނާއަށް އަނިޔާކުރި ކަމުގެ މައްސަލައެއް ހުށަހަޅައިފައެވެ.
މިމައްސަލަތަކާއި ގުޅިގެން އޭނާ ހޯދާތާ 20 އަހަރުފަހުން ދިއްލީ ފުލުހުން އޭނާ ހައްޔަރުކުރީ ދެކުނުގެ ސިޓީއެއްގައި ނަން ބަދަލުކޮށް ކައިވެނިކޮށް އެ ކައިވެންޏަށް 4 ދަރިން ވެސް ލިބިފައިވަނިކޮށް މިދިއަ ހަފްތާގައެވެ.
އޭނާ ނުހޯދި ލަސްވަމުން ދިއުމުން ފުލުހުންނަށް ވަނީ މައްސަލަތައް ކުރިމަތިވެފައެވެ. އޭނާ ހޯދައި ބަންދުކުރެވުމުން އެ މައްސަލަތަކުން ފުލުހުން ވަނީ ސަލާމަތްވެފައެވެ.