ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާނަމަ އެފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެ ޤައުމުގެ ހޯމް މިނިސްޓްރީން ދީފިއެވެ.
އީރާނުގައި މިދިއަ ބުރާސްފަތި ދުވަހުން ފެށިގެން ގެންދަނީ ކޮންމެ ދުވަހަކު ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ކުރަމުންނެވެ.
އީރާނުން ބުނަނީ މި މުޒާހަރާތަކަކީ އެމެރިކާއިން ސްޕޮންސަރކޮށްގެން ކުރާ މުޒާހަރާތަކެއް ކަމަށެވެ. އެމެރިކާއިން ވަނީ މުޒާހަރާތަކަށް ހިތްވަރުދީފައެވެ.
ޓެހްރާން ޔުނިވަރސިޓީގެ ދަރިވަރުން ވަރަށް މަދު ކުދިން ކޮޅަކާއިއެކު ފެށި މުޒާހަރާއެއްގައިވެސް އެތައް ހާސް ބައަކު ބައިވެރިވެ ވަނީ ބޮޑު މުޒާހަރާއަކަށް ބަދަލުކޮށްފައެވެ.